ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 14 މިލިއަނަށް

ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު 14 މިލިއަނަށް އަރައިފިއެވެ.

ގައުމުތަކުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބެލުމަށް ފަހު ޖޯން ހޮޕްކިންސް ޔުނިވާސިޓީ ބުނިގޮތުގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 14 މިލިއަނަށް އެރީ ކޮވިޑް އަލަށް 252،500 އާ ކޭސް ރިކޯޑް ކުރެވުނުތާ އެއް ދުވަސް ފަހުންނެވެ. 

ދުނިޔެގައި 14،037،021 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، މި ބަލީގައި 600،665 މީހުން މަރުވެފައިވާ ކަމަށް ވެސް ޖޯން ހޮޕްކިންސް ޔުނިވާސިޓިގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.

ބޭރުގެ ނޫސްތަކުން ބުނާގޮތުގައި ވޭތުވެދިޔަ ހަތަރު ދުވަހުގެ ތެރޭގައި އިތުރު އެއް މިލިއަން މީހަކަށް ކޮވިޑް ޖެހި، ހުކުރު ދުވަހު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 14 މިލިއަނަށް އަރާފައެވެ. އެގޮތުން ހުކުރު ދުވަހު އެކަނި ދުނިޔޭގެ ސިއްހީ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ 250،00 ކޭސް ރިޕޯޓު ކޮށްފައެވެ.

ދުނިޔޭގައި ކޮވިޑަ-19 އެންމެ ގިނަ އަދަދަކަށް ޖެހިފައިވާ ގައުމު ކަމަށްވާ އެމެރިކާގައި 3.6 މިލިއަން މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!