ހާދިސާތައް އިތުރުވާތީ ސަމާލުވާން އިލްތިމާސް ކޮށްފި

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކަނޑުމަތީގައި ނުރައްކާތެރި ފަސް ހާދިސާއެއް ހިނގާފައިވާ ކަމަށާއި ކަނޑު ދަތުރުކުރުމުގައި ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ މޫސުން ގޯސްވުމާއެކު ކަނޑުމަތީގެ ހާދިސާތައް ގިނަވަމުން ދާ ކަމަށެވެ.

އެގޮތުން މަސްވެރި ކަމަށް ނުކުމެ އުޅުނު ދޯންޏެއް މިއަދު އަޑިއަށް ގޮސް އޭގެ ތިބި ނުވަ މީހަކު ވަނީ ކަނޑުވެފަ އެވެ. އެ ދޯނިން ކަނޑުވި ނުވަ މީހުން ސަލާމަތް ކޮށްފައި ވަނީ އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކުންޏެވެ. އަދި އެމީހުން މިހާރު އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މާލެ ގެނެސްފަ އެވެ.

މީގެ އިތުރުން އައްޑު އަތޮޅުގެ އުތުރުން 16 މޭލު ބޭރުން ދަތުރު ކުރަަމުން ދިޔަ ބޯޓެއްގެ ކަފުގައި އޮތް ޑިންގީއެއް ވަނީ ބަންޑުން ޖަހާލައިފަ އެވެ. އެ ހާދިސާގައި ވެސް އެމްއެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ފާއިތުވި ދެ ތިން ދުވަހުގެ ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު މަތީގައި ތަފާތު ހާދިސާތައް ހިނގަމުންދާތީ، މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެމްއެންޑީއެފުން ވަނީ ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް އެދިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!