ކޮރެޔާ އިން 150 ޓެސްޓު ކިޓު ހަދިޔާކޮށްފި

ދެކުނު ކޮރެޔާ އިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ބޭނުންވާ 150 ޓެސްޓު ކިޓު ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ކޮރެޔާ އިން މިފަދަ އެހީތެރިކަމެއް ރާއްޖެ އަށް ފޯރުކޮށްދީފައިވާއިރު ފޮރިން މިނިސްޓަރު އަބްދު ﷲ ޝާހިދު ވަނީ އެގައުމުގެ ފޮރިން މިނިސްޓަރު ކަންގް ކިޔުންގް ވާ އަށާއި އެމްބެސެޑަރު ޖިއޮންގް ވޫން ޖީ އަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮރެޔާ އިން މިފަދަ އެހީތެރިކަމެއް ފޯރުކޮށްދީފައިވާއިރު ރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި، ޞިއްޙީދާއިރާ އިތުރަށް ހަރުދަނާކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވެސް ވަނީ ރާއްޖެ އަށް އެހީތަކެއް ފޯރުކޮށްދީފައެވެ.

ޑަބްލިއުއެޗްއޯ އިން ހަދިޔާކުރި ތަކެތީގެ ތެރޭގައި އައި.ސީ.ޔޫ އެނދާއި އައި.ސީ.ޔޫ ޤާއިމްކުރުމަށް ބޭނުންވާ އާލާތްތަކާއި ބޭހުގެ އިތުރުން، މެޑިކަލް ލެބޯޓްރީތަކަށް ބޭނުންވާ ތަކެއްޗާއި 10،000 ޓެސްޓްކުރެވޭ ކޮވިޑް-19 ޓެސްޓިންގ ކިޓް ހިމެނެއެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ޚިދުމަތް ކުރިއަށްގެންދިއުމަށްޓަކައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން މެދުނުކެނޑި ދަނީ ޓެސްޓްކިޓްތައް ފޯރުކޮށްދެމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!