އެސްޓީއޯ މުވައްޒަފުން ލޭ ހަދިޔާކޮށްފި

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ މުވައްޒަފުން ލޭ ހަދިޔާ ކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ މުވައްޒަފުންގެ ލޭ ހަދިޔާ ކުރި މި ކޭމްޕަކީ އެސްޓީއޯ ރިކްރިއޭޝަން ކްލަބު (ސްޓޯކް) އިން އިސް ނަގައި ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ތެލެސީމިއާ ސެންޓަރަށް ލޭ ހަދިޔާ ކުރަން ރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

ތެލެސީމިއާ ސެންޓަރާއި އެސްޓީއޯ ރިކްރިއޭޝަން ކްލަބާއި ގުޅިގެން ބޭއްވި އެއް ދުވަހުގެ މި ކޭމްޕްގައި 80 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެ ލޭ ހަދިޔާ ކޮށްފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!