ވައިގަދަވުމާ ގުޅިގެން ކުރީގެ ޒުވާނުން މަރުކަޒުގައި ހުރި ގަސްތަކެއް ވެއްޓި, ކާރުތަކަށް ގެއްލުން ވެއްޖެ

ވައިގަދަވުމާ ގުޅިގެން ކުރީގެ ޒުވާނުން މަރުކަޒުގައި ހުރި ބޮޑެތި ގަސްތަކެއް ވެއްޓި ޕާކުކޮށްފައިވާ ކާރުތަކަށް ގެއްލުން ވެއްޖެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ވައިގަދަވެ މާލެ އެކި ހިސާބުތަކުން ގަސްތައް ވެއްޓިފައިވެއެވެ.

އެގޮތުން ކުރީގެ ޒުވާނުން މަރުކަޒުގައި ހުރި ގަސްތައް މަޖީދީ މަގަށް ވެއްޓި ޕާކުކޮށްފައިވާ ބައެއް ކާރުތަކަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ވެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާ ކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!