ކަނޑުވެފައި ތިބި 9 މީހަކު ސަލާމަތް ކޮށްފި

މޫސުން ގޯސްވުމާ ގުޅިގެން މަސްދޯންޏެއް އަނޑިއަށް ގޮސް، ފަޅުވެރިން ކަނޑުވެފައި ތިއްބާ ސަލާމަތް ކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ 9 މީހުންނާއި އެކު މާލެ އާއި 17 ނޯޓިކަލް މޭލު އިރުން ހުރާ ބޮއެ ކައިރީ މަސްވެރިކަން ކުރަން އުޅުނު “ކަނޑުރޯދި-01” ނަމަކަށް ކިޔާ ދޯންޏެއް މޫސުން ގޯސްވެ ކަނޑު ގަދަވެ، ދޯނި އަޑިއަށް ގޮސްފައިވާ ކަމަށެވެ. އަދި ފަޅުވެރިން ކަނޑުވެފައި ތިއްބާ އެސަރަހައްދުން ދަތުރު ކުރި އެހެން ދޯންޏަކަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ ރިޕޯޓު ލިބުނީ ހެނދުނު 6:33 ހާއިރު ކަމަށާއި، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

އަޑިއަށް ގޮސްފައިވަނީ “ކަނޑުރޯދި” ނަމަކަށް ކިޔާ މަސްދޯންޏެކެވެ. އެ ދޯނިން ކަނޑުވި ނުވަ މީހުން ސަލާމަތް ކޮށްފައި ވަނީ އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކުންޏެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ދޯނި ކައިރީގައި ކޯސްޓްގާޑުން ހަރަކާތްތެރިވާއިރު އެމީހުން މާލެ ގެނައުމުގެ ދަތުރު ވަނީ ފަށާފަ އެވެ.

މި ހާދިސާ ހިނގި އިރު މި ދުވަސްވަރަކީ މޫސުން ގޯސްވެ ކަނޑުގަދަ ދުވަސްވަރެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!