އަމީތާބް ގެ ހަޔާތުގެ އެތައް ހަނދާންތަކަކާ ގުޅިފައިވާ މި ގަސް ވެއްޓިއްޖެ

މަޝްހޫރު ފިލްމީތަރި އަމީތާބު ބަޗަންގެ ގޭގައި ހުރި ގުލްމޯހަރު ގަސް ވެއްޓިއްޖެއެވެ. 43 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މިގަސްވެއްޓިފައިވަނީ މުމްބާއީއަށް ބޯވިއްސާރައާއި އެކު އައި ކޮޅިގަނޑެއްގައވެ.

ކޮވިޑު-19ގެ ޝިކާރައަކަށްވެ އާއިލާގެ ގިނަބަޔަކު ފަރުވާ ހޯދަމުންދާ މިދަޑިވަޅުގައި އަމީތާބުވަނި އެގަހާ ގުޅިފައިވާ އެތައް ހަނދާންތަކަކާއި އެގަސް އިންދުނުގޮތުގެ ވާހަކަ ހިއްސާ ކޮއްފައެވެ.

ބަޗަން އާއިލާގެ މުހިއްމު ހިއްސާއެއްކަމަށްވާ މިގަސް އިންދާފައިވަނީ އަމީތާބުގެ މައިން ބަފައިންނެވެ. 1976 ވަނަ އަހަރު ފުރަތަމަ އެގެއަށް ބަދަލުވެ އިންދާފައިވާ މިގަހުގެ ހިޔަލުގައި މުހިއްމު އެތަށްކަމެއް ކޮއްފައިވާކަމަށް އޭނާ ހާމަކުރިއެވެ. ގޭގާ ބޭއްވޭ ކޮންމެ މުނާސަބަތެއްގައިވެސް އެންމެ ބޮޑަށް ޒީނަތްތެރިކޮށް ހެދޭ އެކައްޗަކީ އެގަސްކަމަށްވާއިރު އެއީ ގޭގައި ދިރިއުޅޭ ކޮންމެ މީހެއްގެވެސް ހިތާ ގުޅިފައިވާ ގަހެއްކަން އޭނާ ފާހަގަކުރިއެވެ.

ބަހާރުމޫސުމުގައި އެގަހުގެ އޮރެންޖު މާތަކުން ގޯތިތެރެ ޖަރީވާކަން ފާހަގަކުރަމުން އިތުރަށް ބުނެފައިވަނީ އެއީ އެގޭގައި ވަރަށް މުހިންމު ގަހެއްކަމަށެވެ.

ހާއްސަގޮތެއްގައި އަމީތާބުގެ ދަރިންނާއި ކާފަދަރިންގެ އުފަންދުވަހުގެ މުނާސަބަތު ތަކާއި ފާހަގަކުރެވޭ ހުރިހާ ހޯލީއެއްގައިވެސް ފާހަގަކުތރެވިފައިވަނީ އެގަހުގެ ހިޔަލުގައިކަމަށެވެ. ހާއްސަ ގޮތެއްގައި އަބީޝޭކު އަދި އައިޝްވާރިއާގެ ކައިވެނި މުނާސަބަތުގެ އިތުރުން އެމިހުންގެ ބޮޑެތި އަޅުކަންތަށްވެސް ބޭއްވޭ ތަނަކީ އެގަހުގެ ކައިރިގައިކަން ފާހަގަކުރެއެވެ.

މަންމައާއި ބައްޕަ ވަކިވެގެން ދިޔަތާ 12 އަދި 13 އަހަރު ވެފައިވާ އިރު އެމީހުންގެ އެގަހަށް ދިން މަޤާމު އަދިވެސް އެގޭގައި އެގަހަށް ދެވެކަން އަމީތާބުގެ ވާހަކަތަކުން އެގިގެންދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!