ސެލީނާ ޖެޓުލީ ބޮލީވުޑު ދޫކޮއްލި ސަބަބު

ސެލީނާ ޖެޓުލީ ވެސް ބޮލީވުޑު ދޫކޮއްލީ ނިޕޮޓިޒަމްގެ ސަބަބުންކަމަށް އޭނާ ހާމަކޮއްފިއެވެ. މިސް އިންޑިއާގެ ލަޤަބުވެސް ހޯދާފައިވާ މި އެކްޓެސް އަކީ ނޯ އެންޓްރީ ފަދަ ބައެއް ފިލުމުތަކުން ފެނިގެންގޮސްފައިވާ ތަރިއެކެވެ. ފިލްމީ އިންޑަސްޓްރީގައި ރަގަނޅު އަދި ބޮޑެތި ބައިތަށް ފިލުމުގައި ދޭނީ އެކްޓަރުންގެ ދަރިންނަށް ނޫނީ ކޮންމެސް ގޮތަކުން ގުޅުންހުންނަ މީހުންނަށްކަން އޭނާ ތުހުމަތުކޮއްފައިވަނީ ހިންދުސްތާނު ޓައިމްއަށް ދިން އިންޓަވިއުއެއްގައެވެ.

އިތުރަށް އޭނާ ބުނެފައިވަނީ ބޭރުން އަންނަ ކުދިންނަށް ފިލުމުތަކުގައި ގިނަ ފަހަރަށް ދީފައި ހުންނަނީ ފޫބެއްދުމަށް ބެނުންކުރާ ކުދި ކުދި ރޯލުތަށްކަމަށެވެ. ފިލްމު އިންޓަސްޓްރީއަށް ނިސްބަތްވާ ކުދިންނަށް ޖައްސަ ޖައްސައިގެން 3 ފިލްމު ފްލޮޕްވިޔަސް އިތުރު ފިލްމު ދޭނެ ޕޮރުޑިއުސަރުން ވާކަމަށާއި އެހެން ނަމަވެސް ބެރުން އަންނަ ކުދިންނަށް އެމީހުންގެ ފުރަތަމަ ފިލްމު ރަގަނޅުކުރުން ނޫންގޮތެއް ނޯންނަ ކަމަށެވެ.

އޭނާ ފިލްމީ ހަޔާތުގައި ދިމާވި ގޮންޖެހުންތަށް ކިޔައިދެމުން ބުނެފައިވަނީ އެ އިންޑަސްޓްރީ އަކީ ބޭރުން އަންނަ އަންހެން ކުދިންނަށް ވަކިން ހާއްސަކޮށް ހަނގާ ކުރުމުގެ ކަންތަށްތަކެއް އޮންނަ ތަނެއް ކަމަށެވެ. އިސްޑަސްޓްރީގައި ހޭދަވި އަހަރުތަކުގެ ތެރޭގައި ފިލްމަށް ސޮޔަކުރުމުގެ ކުރިން ސުކުރިޕްޓް ބަލާލަން އެދޭވާހަކަ ބުންޔަސް ފިލްމު އުފައްދާ މީހާގެ ނުރުހުން ލިބޭ ކަމަށް އޭނާ ބުނެއެވެ.

“ހިތށްއަރާދޯ ތިމާ މޮޅު ބޮޑު އެކްޓްރެސް އެކޭ” ސުކުރިޕްޓް ބަލާލަން އެދުމުން މިހެން ބުނެފައި އެބަހުރިކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނާ ގޮތުގައި ބޭރުން އިންޑަސްޓްރީއަށް އަންނަ ކުދިންނަށް އޮތީ ދެގޮތެވެ. އެއްގޮތަކީ އިންޑަސްޓްރީގެ ތެރޭގައި ކުރާ ހަނގާ އާއި މަލާމާތަށް އަޑުއަހައިގެން ހަގުރާމަ ކޮށްކޮށް ތިބުމެވެ. އަނެއް ގޮތަކީ ދިރިއުޅުމުގައި މިއަށްވުރެ ކުރަން މާރަގަނޅު ކަންކަން ހުރިކަން ވިސްނި ތިމާއަށް ހިތްހަމަ ޖެހުން ލިބޭނެ އެހެން ކަމެއް ކުރުމެވެ. އަދި އޭނާ ހިޔާރުކުރީ ދެވަނަ ގޮތްކަމަށްވެސް ބުނެފައިވެއެވެ.

ސެލީނާ އަކީ މަދު ފިލްމުތަކަކުން ފެނިލުމަށްފަހު އިންޑަސްޓްރީއާއި މުޅިން ދުރަށްގޮސް މިހާރު އިޖުތިމާއީ މަސައްކަތްތަކުގައި ވަރަށް ހަލަބޮލިކޮށް ފެންނަ ތަރިއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!