ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 14 މީހުން

ރާއްޖެއިން ކޮވިޑް-19 އަށް މިއަދު 14 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހަކާއި އިންޑިއާ މީހެއް ކަމަށެވެ. މިއަދު 14 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2913 އަށް އަރާފައެވެ. 

ރާއްޖެއިން މިހާރު 2340 މީހުން ރަނގަޅުވެފައި ވާއިރު، މިވަގުތު ކަރަންޓީންގައި 32 މީހުން ތބި އިރު އައިސޮލޭޝަންގައި 459 މީހުން ތިބި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މިބަލީގައި މިހާރު ފަރުވާ ހޯދަމުން ދަނީ 543 މީހެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!