އައިޝްވާރިޔާ އާއި އަރާދްޔާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ކޮވިޑް-19 އަށް ޕޮޒިޓިވްވި ބޮލީވްޑްގެ ތަރި އައިޝްވާރިޔާ އާއި އޭނާގެ ދަރިފުޅު އަރާދްޔާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އައިޝްވާރިޔާ އާއި ދަރިފުޅު ހޮސްޕިޓަލްގައި އެޑްމިޓް ކުރީ ހުން އައިސް ނޭވާލާން ދަތިތައް ދިމާވުމުންނެވެ. ނަމަވެސް އެއްވެސް މީހަކުގެ ހާލު ސީރިއަސްއެއް ނޫނެވެ.

އައިޝްވާރިޔާއާއެކު އޭނާގެ އަންހެން ދަރިފުޅު އަރާދްޔާ ވެސް އެޑްމިޓް ކޮށްފައި ވަނީ އަމީތާބާއި އަބީޝޭކް އެޑްމިޓް ކޮށްފައިވާ މުމްބާއީގެ ނަނަވާތީ ހޮސްޕިޓަލުގަ އެވެ. 

އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ އަމީތާބު ބައްޗަނެވެ. އޭގެ ފަހުން އަބީޝޭކްވެސް ވަނީ ކޮވިޑަށް ޕޮސިޓިވްވެފައިވާކަން އިއުލާން ކޮށްފައެވެ.

އަމީތާބުގެ އަންހެނުން ޖާޔާ ބައްޗަން ކޮވިޑަށް ނެގެޓިވްވެފައިވާއިރު އެގޭގައި މަސައްކަތް ކުރާ މީހުން ވެސް ބައްޔަށް ޓެސްޓްކޮށް ވަނީ ނެގެޓިވްވެފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!