އައިޖީއެމްއެޗުގައި 50000 ވުރެ ގިނަ ޕީސީއާރް ޓެސްޓް ހަދައިފި

އައިޖީއެމްއެޗްގައި ކޯވިޑް-19 ވައިރަސް ދެނެގަތުމަށް މިހާތަނަށް ފަންސާސް ހާހަށްވުރެ ގިނަ ޕީސީއާރު ޓެސްޓު ހަދާފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗުން މިރޭ ކުރި ޓްވީޓެއްގައި ވިދާޅުވީ، މިއަދު މިހާތަނަށް އެ ހޮސްޕިޓަލުން ވަރަށް ކާމިޔާބުކަމާއެކު 50،000 އަށް ވުރެ ގިނަ ޕީސީއާރު ޓެސްޓު ހަދާފައިވާ ކަމަށެވެ.

ކޯވިޑް-19 ވައިރަސް ހުރިތޯ ހަދާ ޕޮލިމަރައިޒް ޗެއިން ރިއެކްޝަން ޕީސީއާރް ޓެސްޓު ހެދުމަށް ނޭފަތާއި ކަރު ތެރެއިން ސާމްޕަލް ނަގައިގެން އެންމެ ފުރަތަމަ ޓެސްޓުކުރަން ފެށީ އައިޖީއެމްއެޗުގައެވެ. 

މިހާރު އައިޖީއެމްއެޗުގެ އިތުރުން އޭޑީކޭ ހޮސްޕިޓަލާއި ފުލުހުންގެ ފޮރެންސިކް ލެބޯޓްރީ އާއި ހދ.ކުޅުދުއްފުށީ ހޮސްޕިޓަލާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ޓެސްޓް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައި ޓެސްޓް ކުރަން ވަނީ ފަށާފައެވެ. މީގެއިތުރުން ނ.މާފަރު އެއަރޕޯޓުގައިވެސް މިހާރު ކޯވިޑް-19އަށް ޓެސްޓް ކުރެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!