އާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ބިލަށް އާއްމުންގެ ޚިޔާލު ހޯދަނީ

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވަން ނިންމައިިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުގެރޭ 20:30ގައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައިކަމަށެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަތީ މިދިޔަ އަންގާރަ ދުވަހު އެވެ. އެއީ އެދުވަހުގެ ޖަލްސާއަށް ވަޑައިގެން ތިއްބެވި 61 މެންބަރުންގެ ތެރެއިން 58 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުން، ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރުމަށް ނެރޭ ގަރާރު 48 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅާގޮތަށް ވަނީ ހިމަނާފައެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރާ ވަގުތަކީ މަޖިލީހުގެ ދައުރެއް ހިނގަމުންނުދާ ވަގުތެއް ނަމަ ބަންދު ދުވަސްތައް ހިމަނައިގެން 14 ދުވަހުގެ ތެރޭގައި އެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭގޮތަށް ވަނީ ހުށައަޅާފައެވެ.

މީގެއިތުރަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރުމަށް ސިއްޙަތާއިބެހޭ ވަޒީރު ނެރެފައިވާ ގަރާރާއި ގުޅިގެން، ކޮންމެ ވަގުތެއްގައިމެ، ކަންތައްތަކެއް ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާކަމަށްވެސް އިސްލާހުގައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!