ކަނޑަށް ގެއްލުނު ޒުވާނާ އަދިވެސް ނުފެނޭ: އެމްއެންޑީއެފް

މާލެއިން ފުރައިގެން އދ.މަންދޫއަށް ދަތުރުކުރި “ރަންތަރި” ދޯނިން ދަތުރުކުރަނިކޮށް ރޭ ގެއްލުނު ޒުވާނާ އަދިވެސް ނުފެންނަ ކަމަށާއި، އެ ޒުވާނާ ހޯދުމަށް މަންދޫން ދޯނިތައްވެސް ނުކުމެފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

ގެއްލިގެން ހޯދަމުން ދަނީ އދ.މަންދޫ، ރަތްވިލާގެ، އުމުރުން 27 އަހަރުގެ ޢަލީ ޝާހު އެވެ. އޭނާއަކީ ހޯމް ކަރަންޓީނު ވުމަށް އެރަށަށް ދަތުރު ކުރި މީހެކެވެ.

އެމްއެންޑީއެފުން ވިދާޅުވީ ރޭ ދަންވަރު ދޭ ޖަހާކަށްހާއިރު ގެއްލިގެން ރިޕޯޓުކުރި އަލީ ޝާހް ހޯދުމުގެ މަސައްކަތް ހުއްޓައި ނުލައިކުރިޔަށް ގެންދާ ކަމަށެވެ. އެގޮތުން އެމްއެންޑީއެފްގެ ކޯސްޓް ގާޑާއި އެރަށުގެ ދޯނި ފަހަރު ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އޭނާ ހޯދުމުގެ މަސައްކަތުގައި އދ.މަންދޫ ރައްޔިތުންނާއި އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނާއި އެމްއެންޑީއެފް މާލެ އޭރިއާގެ ކޯސްޓްގާޑުގެ ސްކޮޑްރަންގެ ޑައިވަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ރޭ މެންދަމު 02:10 ހާއިރު އޭނާ ގެއްލިގެން އެމްއެންޑީއެފްއަށް ރިޕޯޓް ކުރިއިރު، ރަށުގެ ނެރުން އެ ދޯނި ވަންއިރުވެސް މީނާ ދޯނީގައި ހުރިކަމަށް ދޯނީގެ ކެޕްޓަން ބުުނެފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. ނަމަވެސް ފާލަމާ ކައިރިކުރިއިރު މީނާ ދޯނީގައި ނެތްކަމަށް ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ގެއްލުނު އިތު އޭމާ ލައިގެން ހުރީ މުށިކުލައިގެ ގޮޅިޖެހި އަތްދިގު ގަމީހަކާއި އަޅިކުލައިގެ ޖީންސެއްކަމަށް ދޯނީގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑުން ވިދާޅުވެއެވެ.

މި މީހާ އާބެހޭ އެއްވެސް ޚަބަރެއް ވޭތޯ، މިސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި މި ހިސާބުގެ ރަށް ތަކުން ބަލައިދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރައްވައެވެ. އަދި މީނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުމަށްވެސް ކޯސްޓްގާޑުން އެދިވަޑައިގަންނަވައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!