އިނަ މޯލްޑިވްސް ފިރާގު ސްޓާފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތެއް

ޖިންސީ ފުރައްސާރައިގެ މައްސަލަތަކަކީ މިދުވަސްވަރު ވަރަށް އާއްމުވަމުން އަންނަ މައްސަލަތަކެކެވެ. މީގެ ތެރެއިން ގިނަ ވާހަކަތަކަކީ ކޮންމެވެސް ސަބަބަކާއިހެދި ކުރިން ނުދައްކާ ފޮރުވިގެން ނުވަތަ ކަނޑުގެ ފުންމިނަށް ގަންބާލެވިގެން ދިޔަ ވާހަކަތަކެވެ.

އިނާ މޯލްޑިވްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާގު އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންތަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ވާހަކަތަކެއް މި ވަނީ މީސް މީޑިއާއަށް ތިލަވެފައެވެ. އެ ވާހަކަތަކަށް މީސް މީޑިއާއަށް ތިލަވުމާއެކު ފިރާގްވެސް މި ވަނީ މީސް މީޑިއާގައި އޭނާގެ ދިފާއުގައި ނުކުމެފައެވެ. އަދި އެކަން ހިނގާދިޔަ ގޮތް ކަމަށް ބުނެ، ބޮޑު ބަޔާނެއްވެސް ނެރެފައެވެ.

ފިރާގް އޭނާއަށް މެސެޖު ކޮށްފައިވަނީ ފިރާގަށް “ހަގް އެއް” ދިނުމަށް ކަމަށް އެކުއްޖާބުނި ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. އެކަމަށް އެކުއްޖާ އިންކާރު ކުރިކަމަށާއި ފިރާގް އަކީ މީހެއްގެ ފިރިއެއް ކަމަށާއި އޭނާގެ ވެސް “ބޯއީފްރެންޑެއް” ހުންނަ ކަމަށް ބުނިކަމަށް ވެއެވެ. އެހެންކަމުން އެފަދަ ކަމެއް ކުރުން ވާނީ ބޭވަފާތެރިވުން ކަމުގައި ވެސް ބުނިކަމަށް ބުންޏެވެ. ޖަވާބުގައި ފިރާގް ބުނީ އެކަކަށް އެކައްޗެއް ވެސް ކޮންމެހެން އިނގެން ނުޖެހޭ ކަމަށެވެ.

އެއްދުވަހު ފިރާގް އޮފީހަށް ދިޔައިރު އޮފީހުގައި އިނީ އެއަންހެން ކުއްޖާ އެކަނި ކަމަށާއި، މަސައްކަތް ކުރަން އިންދާ ފަހަތުގައި މަޑުކޮށްފައި އަންހެން ކުއްޖާގެ އަތުގައި ފިރާގު އަތްލި ކަމަށް ބުންޏެވެ. އަދި އަތުގައި އިސްތަށި ހުންނަ މީހުން ދެކެ “ލައިކް” ވާ ކަމަށް ބުނި ކަމަށް ވެސް ބުންޏެވެ. އެއީ އޭނާ އެގޮތަށްއެއަންހެން ކުއްޖާ ގައިގާ އަތްލި ފުރަތަމަ އަދި ފަހު ފަހަރު ކަމަށް ވެސް ބުންޏެވެ.

އަންހެން ކުއްޖާއަށް އެއްޗެކޭ ބުނެވުމުގެ ކުރިން އެކުއްޖާގެ ކޮނޑުގައި ވެސް އަތްލާން ފެށިކަމަށާއި ބްރާގެ ވައުގަނޑަށް ދަމާލާފައި “ކޮން ސައިޒެއް” ތޯއާއި އޭނާ ދެން އަންނަ ފަހަރަކުން އައު ބްްރާއެއް ގެނެސްދޭން ވެގެން އެހީ ކަމަށް ވެސް ބުންޏެވެ. އަންހެން ކުއްޖާ ބިރުން ތުރުތުރު އެޅިކަމަށާއި ނަސީބަކުންް އެވަގުތު އެތަނަށް ކަސްޓަމަރެއް ދިޔުމުން ފިރާގް އަވަސް އަވަހަށް އެތަނުން ދިޔައީ ކަމަށް ވެސް ބުންޏެވެ. ނަމަވެސްް އޭނަ ދިޔައީ މާދުރަކަށް ނޫނެވެ. އަންހެން ކުއްޖާގެ ކުރިމަތީގައި އިށީންދެފައި ބިރުގަތީހޭ އަހާފައި މެސެޖު ކުރި ކަމަށް ވެސް ބުންޏެވެ.

ފިރާގްގެ ވިދާޅުވީ، ޖިންސީ ފުރައްސައިގެ މައްސަލަތަކަކީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް ނުވަތަ ފުލުހަށް ހުށަހަޅައިގެން ތަހުގީގުކޮށް، މަދަނީ ނުވަތަ ޖިނާއީ ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތް މައްސަލަތަކެއް ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް އެފަދަ ތުހުމަތުތެއް އޮތް ނަމަ، ކަމާއި ބެހޭ އިދާރާތަކަަށް ހުށަހަޅައިގެން ކުރިއަށްގެންދިއުމަށް އެދޭ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!