އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރަކު އައްޔަންކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.

އެ ކުންފުނީގެ ބޯޑަށް އަލަށް އައްޔަންކުރައްވާފައިވަނީ ފ.ފީއަލި ރޭވަވިލާ މުޙައްމަދު ފަރީދުއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އޭނާ އެމަގާމަށް އައްޔަންކޮށްފައިވަނީ ނޮން އެގްޒެކްޓިވް ޑިރެކްޓަރެއްގެ ގޮތުގައެވެ.

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވަނީ 7 މެންބަރުންނެވެ. އަލަށް އައްޔަންކުރި މުޙައްމަދު ފަރީދުގެ އިތުރުން ޑިރެކްޓަރުންގެ ބޯޑުގައި ދެން ތިއްބަވަނީ ސަރުކާރުގެ ފަރާތުން އައްޔަންކުރައްވާފައިވާ ޗެއަރމަން މުހައްމަދު ފަހީމްއާއި، ސީއީއޯ އާދަމް އާޒިމްއާއި، ސީއޯއޯ ޝާހިދު ހުސައިން މޫސާގެ އިތުރުން ޑިރެކްޓަރ ސިނާން އަލީއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!