އިންޑިއާއިން ކޯވިޑް ޖެހުނު މީހުން މިލިއަނަކަށްވުރެ މައްޗަށް

އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިލިނައަކަށް ވުރެ މައްޗަށް އަރައިފިއެވެ.

ކޯވިޑް-19 ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ބަލި ޖެހުނު މީހުން އެންމެ ގިނައި ފެނުނު ތިންވަނަ ގައުމަކީ އިންޑިއާއެވެ. އެ ގައުމުން މި ބަލި ޖެހުނު މީހުންގެ އަދަދު މިލިއަނެއް ހުރަސްކުރި އިރު މި ބަލީގެ މަރުވި މީހުންގެ އަދަދުވެސް ވަނީ 25 ހާހުން މައްޗަށް އަރާފައެވެ.

މިއަދުގެ މިހާތަނަށް އެކަނިވެސް އެ ޤަައުމުން މި ބަލި ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު 123 ވުރެ މައްޗަށް ވަނީ އަރާފައެވެ. އިންޑިއާގައި އެންމެ ބާރަށް މި ބަލި ފެތުރެމުން އަންނަނީ މަހާރަސްޓާގައެވެ. އެ ސްޓޭޓުން މިހާތަނަށް 2 ލައްކަ 80 ހާހަށްވުރެ ގިނަ މީހުންނަށް ވަނީ މި ބަލިޖެހިފައެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން މިއަދު އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން ވަނީ 36،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ 684 މީހުން މަރުވެފައެވެ.

މި އަދަދުތަކާއެކު އެގައުމުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ މިހާރު އުޅެނީ 1،003،382 ގައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 25،602 ގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!