ގެއްލުނު ޒުވާނާ ހޯދަން ޑައިވްކުރަން ފަށައިފި

މާލެއިން ފުރައިގެން އދ.މަހިބަދޫއަށް ދަތުކުރަމުން ދިޔަ ދޯންޏަކުން ގެއްލުނު ޒުވަނާ ހޯދުމަށް އެމްއެންޑީއެފްގެ ޑައިވަރުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން މަޢުލޫމާތުދެއްވާ ގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ އދ މާންދޫ ރަތްވިލާގެ އުމުރުން 27 އަހަރުގެ އަލީ ޝާހްއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މީނާއަކީ އެރަށަށް ހޯމް ކަރަންޓީންވުމަށް ދަތުރުކުރަމުން ދިޔަ ޒުވާނެއްކަމަށެވެ. އަދި މިނާ ދޯނީގައި ނެތްކަން އެނގުނީ މާލެއިން ފުރައިގެން ގޮސް މާންދޫ ފަޅަށް ވަދެ ފާލަމާ ކައިރިކުރި ފަހުންކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އެހެންނަމަވެސް އެ ރަށުގެ ނެރުން ދޯނި ވަން އިރުވެސް އެނާ ދޯނީގައި ހުރިކަމަށްވެސް ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ގެއްލުނު ޒުވާނާ ހޯދަން އެމްއެންޑީއެފް މާލެ އޭރިއާގެ ކޯސްޓްގާޑުގެ ސްކޮޑްރަންގެ ޑައިވަރުން ހަރަކާތްތެރިވަމުންދާކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!