މަސް ފެންގަނޑަށް ވެއްޓުނު ކުއްޖާ ވެންޓިލޭޓަރާއެކު މާލެ ގެނެސް، ފަރުވާފަށައިފި

ލ. ގަމުގައި މަސް ފެންގަނޑަކަށް ވެއްޓި ހާލު ސީރިއަސް ވި އުމުރުން 14 މަހުގެ ކުއްޖާ ވެންޓިލޭޓަރާ އެކު ރޭ ދަންވަރު މާލެ ގެނެސްފި އެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން މިއަދު ވިދާޅުވީ، ރޭގެ ވަގުތެއްގައި އެކުއްޖާއަށް ފިޓް ޖެހުނު ކަމަށެވެ. އަދި ރޭ ދަންވަރު 2:00 ހާއިރު ވެންޓިލޭޓަރާއެކު އެކުއްޖާ މާލެ ފޮނުވާލާފައިވާ ކަމަށާއި ފޮނުވާލިއިރު ވެސް ހޭ ނާރާ ކަމަށް ވިދާޅުވި އެވެ.

ހޮސްޕިޓަލަށް ގެނައި އިރުވެސް އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް އޮފިޝަލު ވިދާޅުވި އެވެ. އަދި ނޭވާ ލަނީ މެޝިންގެ އެހީގަ އެވެ. އެއާއި އެކު ޑޮކްޓަރުން ވަނީ އިތުރު ފަރުވާއަށް އެކުއްޖާ މާލެ ގެނައުމަށް ލަފާދީފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 5:15 ހާއިރުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!