ފުނަދު އާއި އޭދަފުށީގައި ކޮވިޑް ފެސިލިޓީ ހުޅުވައިފި

ރާއްޖޭގެ 5 ސަރަހައްދެއްގައި ކޯވިޑް-19އަށް ފަރުވާދިނުމަށް ސަރުކާރުން ޤާއިމްކޮށްފައިވާ މަރުކަޒުތަކުގެ ތެރެއިން ބ.އޭދަފުށްޓާއި ށ.ފުނަދޫގައި ހެދި މަރުކަޒުތައް ހުޅުވައި ޙިދުމްތަދޭން ފަށައިފިއެވެ.

ދުނިޔޭގައި ހަލުވިކާމާއެކު ކޯވިޑް-19 ފެތުރެން ފެށުމާއެކު ދިވެހި ސަރުކާރުން ވަނީ އެބަލިން ރައްކާތެރިވުމަށް ހަރުދަނާ ފިޔަޅުތަކެއް އަޅުއްވަން ފަށްޓަވާފައެވެ. އެގޮތުން ދިވެހި ރާއްޖޭގައި ދިރިއުޅޭ އެންމެންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެތެރެއިން އެންމެ މުހިންމު އެއް ފިޔަވަޅަކީ ރާއްޖޭގެ 5 ސަރަހައްދެއްގައި ކޯވިޑް-19އަށް ފަރުވާދިނުމަށް ޚާއްސަ މަރުކަޒުތަކެއް ޤާއިމްކުރުމެވެ.

ރާއްޖޭގެ 5 ސަރަހައްދެއްގެ ތެރެއިން ށ.ފުނަދުއާއި ބ.އޭދަފުށީގައި ޤާއިމްކުރި ކޯވިޑް-19އަށް ފަރުވާދޭ މަރުކަޒުތައް ހުޅުވައި ރައްޔިތުންނަށް ޚިދުމަތްދޭން މިވަނީ ފަށާފައެވެ.

އޮންލައިންކޮށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ނަޔާޒް އަހުމަދު ވިދާޅުވީ މިހާތަނަށް ކޮވިޑް-19 ގެ ބަލި މީހުންނަށް ރާއްޖޭގައި ފަރުވާ ދެމުން އައީ ހަމައެކަނި މާލޭގައި ކަމަށާއި ނަމަވެސް މިރޭ ހުޅުވި ދެ ފެސިލިޓީއާއެކު އަތޮޅުތެރޭގައި ވެސް ފަރުވާ ލިބެން ފަށާނެ ކަމަށެވެ. ފުނަދޫ އާއި އޭދަފުށީ ފެސިލިޓީގައި ވެސް 20 އައިސީޔޫ އެނދާއި 37 އައިސޮލޭޝަން އެނދު ހުންނާނެ ކަމަށް ނަޔާޒް ވިދާޅުވި އެވެ.

ފެށޭ ހަފްތާގެ ތެރޭގައި ލ. ގަމާއި ގއ. ވިލިނގިލީގެ އިތުރުން އައްޑޫ ހިތަދޫގައި ވެސް ފެސިލިޓީތައް ހުޅުވޭނެ ކަމަށް ނަޔާޒް ވިދާޅުވި އެވެ.

ށ.ފުނަދުއާއި ބ.އޭދަފުށީގައި ޤާއިމްކުރި ކޯވިޑް-19އަށް ފަރުވާދޭ މަރުކަޒުތައް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!