ހޭލައިގެން އެންމެ ފުރަތަމަ އަނުޝްކާ ކުރަނީ ކީތްކަން އިނގޭތަ؟

އިންޑިއާގެ ބޭސްވެރިކަމުގައި ބޭނުންކުރާ ޓެކްނިކެއް ކަމުގައިވާ އޮއިލް ޕުލިންގު، މަޝްހޫރު ފިލްމީ ތަރި އަނުޝްކާވެސް ބެނުންކުރާކަން އޭނާގެ އިންސްޓަގުރާމުގައި ހާމަކޮއްފިއެވެ. އަދި މިއީ ފައިދާކުރަނިވި ކަމެއްކަމަށާއި މިކަން ތަޖުރިބާ ކޮއްލުމަށް އޭނާގެ ފޭނުންނާއި އިސްޓަގުރާމް ފޮލޯވަރުންނަށް އޭނާވަނީ ބާރުއަޅާފައިއެވެ.

މިއީ ދަތުގެ ގިނަ މައްސަލަތަކަށް ހައްލެއްލިބިގެންދާ ފަރުވާއެއްގެ ގޮތުގައި ބަލައިގަނެ ގިނަ ބަޔަކު ތަޖުރިބާ ކުރަމުންދާ ކަމެކެވެ. މިފަރުވާގައި ހެނދުނު ހުސްބަނޑާ ހުރެ އަގައަށް ކުޑަ ތެޔޮކޮޅެއް އަޅައިގެން އިރުކޮޅެއް ވަންދެން ހުރުމަށްފަހު އުކާލަނީއެވެ.

އަނުސްކާވަނީ އޭނާގެ އިސްޓަގުރާމުގައި ހެނދުނުގެ ވަގުތު ނައިޓުސޫޓުގައި ހުރެ މި ޓެކްނިކު ބެނުންކުރަމުން ނަގާފައިވާ ފޮޓޯއެއް ޝެއަރ ކޮއްފައެވެ.

އަދި މިކަމުން ދަތްތަކާއި އަނގައިގެ ސާފުތާހިރުކަމަށް ބޮޑެތި އެހީތަކެއް ލިބޭކަމަށާއި މިހާލަތުގައި އެންމެންވެސް ދިފާއީ ނިޒާމު ވަރުގަދަކުރަންއެދޭއިރު މިއީ ތަޖުރިބާ ކޮއްލުން ރަގަނޅު ބޭނުންތެރިކަމެއްކަން އޭނާވަނީ ފާހަގަކޮއްފައެވެ.

މިފާއިތުވި ފުރަބަންދުގެ ތެރޭގައި ދިރިއުޅުމުގެ ގިނަ ކަންތަށްތަކެއްގެ ފޮޓޯތަށް އިންސްޓަގުރާމުގައި އޭނާ ހިއްސާކޮއްފައިވާއިރު އޭނާގެ ފިލުމުތަކާބެހޭ ގިނަ މައުލޫމާތުތަށްވެސް ހޫނުކޮށްދަނީ ފޭނުންނާ ހިއްސާކުރަމުންނެވެ.  

  1. އިރު އޮންލައިން މީ ކިހިނެއްވާކަމެއް މިކަން ރަގަޅުކޮއްލާ އިންގޭ ހަބަރު ލިޔާއިރު ލިޔާ ބަސްމަގު ރަނގަޅުކޮއްލުން އެދެން .

    1
    0
  2. އަނގަ ދޮންނަނީ **ލާފަ ** ދޮވުމަށްފަހު އޭގެ ފަހުންތަ؟ ސާފުކޮށްލަދީބަ އިރު.މވ އިން.
    ޚަބަރަށް ވ. ޝުކުރިއްޔާ 🙂

    1
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!