ތިމާގެ ބައިވެރިޔާ އުޅެނީ މިހެންތަ؟ އަޅެ އެކަމާ ހަމަ ފޫއްސެއް ނުވޭ؟

އަންހެނުންނަކީ ފިރިމީހާގެ ފަރާތުން ބޮޑެތި އުއްމީދު ތަކެއް ކުރާބައެކެވެ. ބުނުމަކާ ނުލާ ތިމާގެ ހުރިހާ އިހުސާސެއް ދެނެގަންނާނެނަމައޭ އަބިމީހާގެ ހިތަށް އަރާ މިންވަރަށް ފިރިމީހާގެ ފަރާތުން އުއްމީދު ކުރެވެއެވެ. އެހެން ނަމަވެސް ބައެއް ފަހަރަށް މި އުއްމީދުތަށް ފުޑުފުޑުވަނީ އެކުގައި އުޅެންޖެހޭ ބައިވެރިޔާގެ ސަބަބުންނެވެ. ކޮންމެ މީހަކީވެސް ތަފާތުމީހެކެވެ. އަދި މިޒާޖާއި ކަންކަމުގައި ދެކޭގޮތްވެސް ތަފާތެވެ. އެހެން ނަމަވެސް އުފެދިގެން އަންނަ ގުޅުމުގައި ސަބަބަކާލައިގެން ނޫނީ ނުލައިނަމަވެސް ޝައްކު އުފެއްދުމަކީ ބައެއް މީހުންގެ ގޮތެކެވެ. ތިމާގެ ބައިވެރިޔާއަކީ އެފަދަ މީހެއްނަމަ ތިރީގައި އެވާ ކަންތައްތަށް ފާހަގަވާނެއެވެ.

ބައެއް ފަހަރަށް މިފަދަ ކަންތަށްތަކަކީ އަބިމީހާއަށް އަޅާލުމުގެ ނަމުގައި ކުރެވޭ ކަންތަށްތަކެކެވެ. އަނެއްބައި ފަހަރަށް ގެއްލިދާނެތީ ބިރުން ވާލޯބީގެ ބޮޑުކަމުން ކަމަށްބުނެ ކުރެވެ ކަންތަށްތަކެކެވެ. އަނެއްބައި ފަހަރަށް ކުރެވޭ ކަމުގެ ބޮޑު ކުޑަމިން ނޭނގިތިބެ ކުރެވޭ ކަންތަށްތަކެކެވެ. ކޮންމެ ސަބަބެއްގައި ކުރިޔަސް މިކުރެވެނީ ޝައްކެވެ. މިއީގޯހެކެވެ. މިކަމުގެ ސަބަބުން ދެމަފިރިންގެ ގުޅުމުގައި އޮންނަށްޖެހޭ އެންމެ މުހިއްމު މާއްދާކަމުގައިވާ އިތުބާރު ގެއްލިގެންދެއެވެ.

  • ތިމާ ކުރާ ކޮންމެ ކަމެއްގައި އެކަމެއް ކުރަނީ ކޮން ބޭނުމެއްގައިތޯ އޭނާ ސުވާލުކުރާނެއެވެ. ކަމެއްކުރަނިކޮން ފެނުނަސް ނޫނީ ކަމެއް ކުރުމަށް ހުއްދައަށް އެހިޔަސް “އެ ކީއްކުރަން ކުރާކަމެއް؟” މިކަހަލަ މޭރުމަކުން އަހާނެއެވެ. ކުރާކަމެއްގެ ފަހަތުގައި އެހެން މަގުޞަދެއްވާހެން ހީވެ ޝައްކުގެ ނަޒަރަކުން ސުވާލުކުރާނެއެވެ. އެއީ އާއްމުކޮށް ކުރާ ކަމެއް ކަމުގައިވިޔަސް އަދި އަމިއްލައަށް ކުރަން ދަންނަ ކަމެއްކަން ފިރިމީހާއަށް އެނގޭ ހާލަތުގައިވެސްމެއެވެ.
  • ތިބާގެ ވާހަކަތަށް އަޑުއަހާ ވިސްނުމަށްވުރެ އޭނަ އިސްކަންދޭނީ އެވާހަކައެއް ބުނުމުން އޭނައަށް އިހުސާސުކުރެވޭ ގޮތަށެވެ. އަބަދުވެސް ބޭނުންވާނީ ބަހެއް ބުންޏަސް އޭނާއާއި ދޭތެރޭ ވިސްނާށެވެ. މިފަދަ ހާލަތުގައި އޭނަ ނުރުހޭ ކަމެއްނަމަ އޭނަގާތުގައި އަހަލުމުންވެސް އޭނާގެ ހިތްނުތަނަވަސްވެއެވެ. ނުރުހޭކަމެއްނަމަ ކިތަންމެ ބޭނުންވިޔަސް އެއީ ރަގަނޅު ކަމެއްކަން ތިމާއަށް ވިސްނުނަސް އެކަމަކާ ދުރުވުމަކީ ފިރިމީހާ ހިތާ ހިތުން އެދޭނެގޮތެވެ.
  • ދެބަސްވެވޭ ހާލަތުގައި ތިބާއަށް ބުނެވޭ ބަހުގައި ހިފައިގެން އެބަސް ތިބާއާއި ދެކޮޅަށް ބެނުންކުރާނެއެވެ. އޭނަގެ ފަރާތުން ވީ ކަމެއް ކަމަށްވިޔަސް އެ މައްސަލައިގެ ޒިންމާނެގުމުގެ ބަދަލުގައި ތިބާގެ ކުއްދައްކާ ދެރަކުރަށް އޭނާ ހާއްސަ އިސްކަމެއްދޭނެއެވެ. އަދި މުޅި މައްސަލަ އޮޅުވާލާ ތިބާ ކުއްވެރިކޮއްލާނެއެވެ. އާޙިރުގައި މާފަށްއެދެންޖެހޭނީވެސް ތިބާއަށެވެ.
  • ތިބާގެ ރަހުމަތްތެރިންނާއެކު ބޭރަށްގޮސް އުފާވެރި ވަގުތުތަށް ހޭދަކުރާތަށް ފެނުމުން ހަސަދަވެރިކަން އޭނާއަށް އިހުސާސްވާނެއެވެ. އަދި އެފަދަ ކަންކަމުގައި ބައިވެރިވިޔަ ނުދިނުމަށް މަސައްކަތްކުރާނެއެވެ. ކިޔާ އެއްޗެހިނުން ތިބާ ރަހުމަތްތެރިންނާއި ބައްދަލު ވިޔަސް ހުރެވޭނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ހިތްނުތަނަވަސްވެ އެމީހުންނާއެކު ހޭދަކުރާ ވަގުތުގެ އެންމެ އުފާވެރިކަމެއް ނުހޯދޭނެއެވެ. އަބަދުވެސް ބޮލުގައި އެބުރޭނީ ފިރިމީހާގެ ބަސްތަކެވެ.
  • ދިރިއުޅުމަށްޓަކައި ތިބާ ކުރާ މަސައްކަތްތަކުގެ އަގުވަޒަން ނުކުރެވޭއިރު އޭނާ ކުރާ މަސައްކަތް ބަލައިނުގަންނަކަމަށް އަބަދުވެސް ތުހުމަތު ކުރާނެއެވެ. އޭނާ ބުނާގޮތުގައި ކުރާ ކޮންމެ ކަމެއްވެސް އޭނާ ކުރަނީ އަބިމީހާއަށްޓަކައެވެ. އެކަމަކު އަބިމީހާއަށް އެގޮތަށް އިހުސާސެއް ނުކުރެވޭނެއެވެ. ތިމާއަށް ހީވާނީ އޭނާ ކުރާ ކޮންމެ ކަމެއް ކުރަނީ އޭނާ ބޭނުންވާގޮތަށެވެ. ހަޤީޤަތަކީވެސް އެއެވެ.
  • ދިރިއުޅުމައި ތިބާއަށް ވަރަށް އިތުބާރުކުރާކަން ދައްކާނެއެވެ. އެކަމަކު ތިބާގެ ފޯނަށް އަންނަ ކޮންމެ ކޯލަކާއި ކޮންމެ ކޮންވަޒޭޝަންއެއްގެ ފުރިހަމަ މައޫލޫމާތު އޭނާ ހޯދާނެއެވެ. އަހައިގެން ނުހޯދިއްޖެނަމަ އެހެން ގޮތްގޮތުން ޓްރެކް ކޮއްގެން ނަމަވެސް ބަލާނެއެވެ. އަދި ކިރިޔާވެސް ކަމެއް އޮވެއްޖެއްޔާ އެކަން ބޮޑުކޮއްލާނެއެވެ.
  • ތިބާގެ ހުވަފެންތަކުގެ އެއްވެސް ބޭނުމެއް އެ ދިރިއުޅުމުގައި ނޯއްނާނެއެވެ. ތިބާ އުފަލަށްވުރެ ބޮޑަށް ތިބާއަށް އިސްކަން ދޭން ޖެހޭނީ ފިރިމީހާ އެދޭ ގޮތަށެވެ. ތިބާގެ ކުރިއަށްދާ އެދޭ ގޮތަށް ކުރިއަށް ދިއުމުގައި ކޮންމެސް ސަބަބެއް ދައްކާ ހުރަސްއަޅާނެއެވެ. ކުރުގޮތަކަށް ބުނަނީނަމަ ތިބާގެ އުފާތަކުގެ މަތިން ހަނދާން ނައްތާލާ ފިރިމީހާގެ އުފަލުން އުފާ ލިބިގަންނަށް ތިބާއަށް މަޖުބޫރުވެއެވެ. ދެމީހުންނަކީ ތަފާތު ދެމީހުންކަން އޭނާއަށް ޤަބޫލެއް ނުކުރެވޭނެއެވެ. އަދި މިއަށް އެފަދަ ފިރިހެނުން ލޯބީގެ ނަން ދެއެވެ.

މިފަދަ މީހުންނާއެކު ދިރިއުޅުމަކީ ދަތި ކަމެކެވެ. ޝައްކު ކުރުމަށްފަހު އެއީ ވާލޯބިން ކުރާ ކަމެއްކަމަށްބުނެ ހަމަޖައްސާލުމަކީ އެމީހުންގެ އާދައެވެ. އަދި އެގޮތަށް އެކަން ޤަބޫލުކުރުމަކީ އަންހެނުންގެ އާދައަކަށް ހަދައެވެ. އެހެން ނަމަވެސް ގަބުލުކުރަންޖެހޭ ހަޤީޤަތަކީ މިއީވެސް އަނިޔާއެއްކަމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!