އަންހެން ކޮއްކޮ ސަލާމަތް ކުރުމަށް މި ކުއްޖާ ވީ ޤުރުބާނީ

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ކުއްތާއެއްގެ ޝިކާރައަކަށްވި އަންހެން ކޮއްކޮ ސަލާމަތްކުރުމަށްޓަކައި ފުރާނަ އަތް މައްޗަށްލި މި ކުއްޖާއަށް ދަނީ ތައުރީފު އޮހެމުންނެވެ.

6 އަހަރުގެ ބްރިޖާ ވޯކާރ ނަމަކަށް ކިޔާ މި ކުއްޖާ ވަނީ އޭނާގެ 4 އަހަރުގެ އަންހެން ކޮއްކޮ ކުއްތާއެއްގެ ކައިރިން ސަލާމާތްކޮށްދީފައެވެ. 1 އަހަރުގެ އެ ކުއްތާ އަންހެން ކޮއްކޮއަށް ހަމަލާ ދޭން ފެށުމުން ބްރިޖާ ވަނީ ކުއްތާއާއި ކޮއްކޮގެ މެދަށް ވަދެ އަންހެން ކޮއްކޮއާއި އޭތި ދުރުކޮށްފައެވެ. ދުރުކުރުމުގެ ތެރޭގައި އެ ކުއްތާ ވަނީ ބްރިޖާގެ ކޮލުގައި އާއި ބޮލުގައި ދަތް އަޅާފައެވެ.

އެތައް ފަހަރަކު ބްރިޖާގެ ބޮލުގައާއި ކޮލުގައި ދަތް އެޅުމުން ބްރިޖާ ވަނީ ކޮއްކޮގެ އަތުގައި ހިފައި ދުވެ ކޮއްކޮ ސަލާމަތްކޮށްދީފައެވެ.

ހާދިސާއަށްފަހު ބްރިޖާ ވަނީ 2 ގަޑިއިރުގެ އޮޕަރޭޝަނެއް ކޮށްފައެވެ. އަދި ކުއްތާ ހަމަލާދީފައިވާ ތަންތަން ބެއްދުމަށްޓަކައި 90 ވަރަކަށް ރޮދި ޖަހާފައިވެއެވެ.

ބްރިޖާ ގާތުގައި ކޮއްކޮއާއި ކުއްތާއާއި ދެމެދަށް ވަނީ ކިތްވެތޯ ސުވާލުކުރުމުން އޭނާ ބުނެފައިވަނީ ” މީހަކު މަރުވާން ޖެހޭނަމަ މަރުވާން ޖެހޭނީ އޭނާ” ކަމަށް ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!