މަހެއް ފަހުން ސުޝާންތުގެ މަރުގެ މައްސަލަ ސީބީއައި އިން ތަހުގީގުކޮށްދިނުމަށް ލޯބިވެރިޔާ ރިއާ އެދިއްޖެ

ބޮލީވުޑްގެ މަޝްހޫރު ތަރި ސުޝާންތު ސިންގް ރާޖުޕުތު އަމިއްލައަށް މަރުވިތާ މަހެއްވެފައިވާ އިރު، އޭނާގެ މަރުގެ ހަގީގަތް ހޯދަން ބޭނުންވާ ކަމަށް ބުނެ އެ މައްސަލަ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) މެދުވެރިކޮށް ތަހުގީގުކޮށްދިނުމަށް ހޯމް މިނިސްޓަރު އަމިތު ޝާހުގެ އަރިހުގައި ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކަރަބޮޓީ އެދެފިއެވެ.

ސުޝަންތްގެ މަރަށް މިހާރު މަސް ދުވަސް ވެފައިވާއިރު، ރިއާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އޭނާ ވަނީ ހޯމް މިނިސްޓަރ އަމިތް ޝާހްގެ އަރިހުން، ސުޝަންތް އެވަރުގެ ބޮޑު ފިޔަވަޅެއް އަޅަން ނިންމި ސަބަބު ހޯދައި ދިނުމަށް އެދިފައެވެ. އަދި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން މެދުވެރިކޮށް އެކަން ރަނގަޅަށް ބަލައި ދިނުމަށް އޭނާ ވަނީ އެދިފައެވެ.

ސުޝަންތްގެ ފޮޓޯއެއް ހިއްސާކޮށް، ރިއާ ބުނެފައިވަނީ، އޭނާއަކީ ސުޝާންތުގެ ލޯބިވެރިޔާ ކަމަށާއި ސުޝާންތު ކުއްލިގޮތަކަށް އަމިއްލައަށް މަރުވިތާ މިހާރު މަހެއްވެފައިވާ ކަމަށެވެ. އަދި ސަރުކާރަށް ވަރަށް އިތުބާރު ކުރާކަން ފާހަގަކުރާ ކަމަށްވެސް އޭނާގެ ޕޯސްޓުގައި ވެއެވެ.

ޖޫން 14 ވަނަ ދުވަހު މަރުވި ސުޝަންތްގެ މަރަށް އެއް މަސް ވެފައިވާއިރު މީގެކުރިން އެ މަރާއި ގުޅޭގޮތުން އަދި ސުޝާންތްއާއި ބެހޭގޮތުންވެސް ރިއާ އެއްވެސް ވަރަކަށް ވާހަކަދައްކާފައެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!