ރާއްޖެއިން 18 މީހުން ކޮވިޑުން ރަނގަޅުވެއްޖެ

ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 18 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ ރޭގެ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އިން ރަނގަޅުވެފައިވަނީ 18 މީހުން ކަމަށާއި މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 2339 މީހުން ރަނގަޅު ވެފައިވާ ކަމަށެވެ.

18 މީހުން ރަނގަޅު ވެފައިވާއިރު، މިއަދު ވަނީ ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެގޮތުން މިއަދު ވަނީ 68 މީހަކު ޕޮޒިޓިވް ވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!