މިއަދު ނިޔާވީ އައިޖީއެމްއެޗުން ޕޮޒިޓިވްވި ލޭގެ ކެންސަރ ޕޭޝަންޓެއް

ކޮވިޑް-19 ޖެހިގެން ރާއްޖޭން މިއަދު ނިޔާވި މީހާ އަކީ އައިޖީއެމްއެޗުން ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި ހިމެނޭ ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ މީހެއްކަމަށް މައުލޫމާތު ލިބެއެވެ.

“މިހާރު” އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދި ނިޔާވި މީހާއަކީ މީގެކުރިން އައިޖީއެމްއެޗްގެ އައިސީޔޫގައި ކެންސަރު ބައްޔަށް ފަރުވާދެމުން ދިޔަ އުމުރުން 39 އަހަރުގެ އިންޑޮނީޝިއާގެ ފިރިހެނަކާއި އެކު އެޑްމިޓުކުރެވިފައިވާ ޕޭޝަންޓެކެވެ. މިއަދު ނިޔާވި އުމުރުން 42 އަހަރުގެ ދިވެހި މީހާ އެޑްމިޓްކޮށްފައި އޮތީ މަރުވި އިންޑޮނީޝިއާ މީހާ ކައިރީގަ އެވެ.

މި މަރާ އެކު، އައިޖީއެމްއެޗުން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ތިނަކަށް އެރީ އެވެ. އަދި މިއީ ރާއްޖޭން މި ބަލީގައި މަރުވި 15 ވަނަ މީހާ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!