ފޮޓޯ: ގޫގުލް

މި އަހަރު މިހާތަނަށް ކުޑަކުދިންނަށް ޖިންސީ ގޯނާގެ 158 މައްސަލައެއް ހުށަހަޅާފައިވޭ

މިއަހަރުގެ މިހާތަނަށް ކުޑަކުދިންނަށް ޖިންސީ އަނިޔާ ކޮށްގެން 158 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ޗީފް ސުޕްރިޑެންޓް މުހައްމަދު ބަޝީރު ވިދާޅުވީ، ކޮންމެ އަހަރެއްގައިވެސް ކުޑަކުދިންނަށް ކުރާ އެކި އެކި އަނިޔާގެ މައްސަލަތައް އިތުރުވެފައިވާ ކަން ފާހަގަ ކުރެވޭ ކަމަށެވެ.

ބަޝީރު ވިދާޅުވީ ފުލުހުންނަށް ހުށަހަޅާފައިވާ ޖިސްމާނީ އަނިޔާގެ ގޮތުގައި ކުޑަކުދިންނަށް 2017 ވަނަ އަހަރު 171 މައްސަލައެއް ހުށަހަޅާފައިވާ 213 ކުއްޖަކަށް އަނިޔާ ލިބިފައިވާ ކަމަށާއި 2018 ވަނަ އަހަރު 100 މައްސަލައެއް ހުށަހަޅާފައިވާ 114 ކުއްޖަކަށް އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި 2019 ވަނަ އަހަރު 93 މައްސަލައެއް ހުށަހަޅާފައިވާއިރު 112 ކުއްޖަކަށް އަނިޔާ ލިބިފައިވާއިރު މިއަހަރުގެ މިހާތަނަށް 48 މައްސަލައެއްގައި 38 ކުއްޖަކަށް އަނިޔާ ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ (ޗައިލްޑް ސެކްޝުއަލް އެބިއުސް)ގެ މިއަހަރުގެ މިހާތަނަށް 158 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ބަޝީރު ވިދާޅުވިއެވެ. އަދި ކުޑަކުދިންނަށް އިހުމާލުވުން (ނެގްލިޖެންސް)ގެ 37 މައްސަލައަކާއި، ކުޑަކުދިންނަށް ބިރުދެއްކުން (ތުރެޓް)ގެ ފަސް މައްސަލައެއް އަދި ސެކްޝުއަލް ހެރޭސްމަންޓުގެ ފަސް މައްސަލައެއް މިއަހަރުގެ މިހާތަނަށް ހުށަހަޅާފައިވާ ކަމަށް ބަޝީރު ވިދާޅުވިއެވެ.

ފާހަގަވެފައިވަނީ ޖުމުލަ 249 ކުދިން ކަމަށެވެ. އެއީ ޖިސްމާނީ އަނިޔާ ލިބުނު 38 ކުދިން، ޖިންސީ ގޯނާގެ ޝިކާރައަކަށްވީ 141 ކުދިން، އިހުމާލުގެ މައްސަލައިގެ 48 ކުދިން، ބިރުދެއްކުމުގެ ޝިކާރައަކަށްވެފައިވާ ހަަތަރު ކުއްޖެއް، ސެކްޝުއަލް ހެރޭސްމަންޓުގެ ޝިކާރައަކަށްވީ އަށް ކުއްޖެއް އަދި ބްލެކްމެއިލްގެ ޝިކާރައަކަށްވީ 10 ކުދިން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!