އެލްޖީއޭގެ ނައިބު ރައީސަކަށް މާހިރު

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ނައިބު ރައީސަކަށް މުހައްމަދު މާހިރު އީސާ އިންތިހާބުކޮށްފިއެވެ.

އެލްޖީއޭ އިން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލެވުނު އެ އޮތޯރިޓީގެ ބޯޑުގެ ނާއިބު ރައީސްކަމަށް އަލްފާޟިލް މުޙައްމަދު މާހިރު ޢީސާ، 10 ވަނަ ބޯޑު ބައްދަލުވުމުގައި އިންތިޚާބު ކުރެވިފައިވާ ކަމަށެވެ.

އެލްޖީއޭގެ ރައީސަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އެލްޖީއޭގެ ބޯޑުގައި ތިއްބެވި މެންބަރުން:

1. ހޯމް މިނިސްޓަރު އިިމްރާން އަަބްދުﷲ

2. އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް މުހައްމަދު ޝިހާބު

3. ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު

4. ޗީފް އެގްޒެކެޓިވް އޮފިސަރު ފާތިމަތު އަފްޝަން ލަތީފު

5. ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ

6. ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަރީފު

7. ޕްލޭނިން މިނިސްޓްރީގެ ނައިބު ފާތިމަތު ނިއުމާ

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ބިލު މިމަހުގެ ދެވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއެކު ވަނީ އޭރު އޮތް އެލްޖީއޭގެ ބޯޑު އުވިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!