ޖިންސީ ގޯނާއަށް ވުރެ ބޮޑު ކަމެއް ސަފާރީގައި ހިނގާފައިވާ ކަމަށް ބެލެވޭ: ފުލުހުން

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީގައި ޖިންސީ ގޯނާއަށްވުރެ ބޮޑު ކަމެއް ސަފާރީ ތެރޭ ހިނގި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލި ވުމެއްގައި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ އަންހެނަކު ދަންވަރު މޫދަށް ފުންމާލާނީ ބޮޑުކަމެއް ވެގެން ކަމަށް ފުލުހުންނަށް ގަބޫލުކުރެވޭ ކަމަށާއި، ތަހުގީގު ކުރިއަށް ގެންދަނީ އެކަމަށް ވިސްނައިގެން ކަމަށެވެ.

މަންނާނު ޔޫސުފް ވިދާޅުވީ އެ މައްސަލައިގައި އަނިޔާ ލިބުނު މީހާ ފުލުހުންނަށް ދިން ބަޔާނުގައި އޭނައަށް ޖިންސީ ގޯނާގެ އަމަލެއް ބަޔަކު ފުރަތަމަ ހިންގާފައި ދެވަނަ ފަހަރު ވެސް އޭނާއާ ދިމާލަށް އެފަދަ އަމަލެއް ހިންގަން އެމީހުން އަންނާތީ އެކަން ސަލާމަތްވުމަށް މޫދަށް ފުންމާލީ ކަމަށެވެ.

އެގޮތުން އަންހެނަކު ދަންވަރު ގަޑިއެއްގައި މޫދަށް ފުންމާލާނީ ބޮޑު ކަމެއް ދިމާވެގެން ކަމަށް ފުލުހުންނަށް ވެސް ގަބޫލު ކުރެވޭ ކަމަށާއި އެގޮތުން ސަފާރީގެ ތެރޭގައި ޖިންސީ ގޯނާއަށް ވުރެ ބޮޑު ކަމެއް ހިނގާފައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މަންނާނު ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ނިޔަތަކީ ފަހަރެއްގައި އަޅުގަނޑުމެން ގަބޫލުކުރަމޭ އެއަށްވުރެ ބޮޑު ކަމެއް އެތާ ހިނގާފައި އޮވެދާނޭ. ގޯނާއަށް ވުރެ ބޮޑު ކަމެއް ހިނގާފައި އޮވެދާނޭ. އެހެންވީމަ އަޅުގަނޑުމެންގެ މަގުސަދަކަށް ވާނީ އެކަން ތަހުގީގު ކުރުން. ތަހުގީގު ތެރެއިން އެކަން އިތުރަށް ބެލޭތޯ މަސައްކަތް ކުރާނަން” މަންނާނު ވިދާޅުވިއެވެ.

އެ މައްސަލައިގައި ވިކްޓިމްގެ ބަސް ގަބޫލު ކުރާ ކަމަށާއި ވިކްޓިމް އާ ހަވާލާދީ، މެންދުރު އޮންލައިން ކިޔާ ވެބްސައިޓެއްގައި ޝާއިއު ކުރި ރިޕޯޓުގައި ވާ ވާހަކަތަކާއި ވިކްޓިމް ފުލުހުންނަށް ކިޔައިދީފައިވާ ވާހަކަތައް ވަރަށް ބޮޑަށް ތަފާތު ކަމަށް މަންނާނު ވަނީ ފާހަގަ ކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!