އަލީ ވަހީދުގެ މައްސަލައިގައި 15 ފަރާތެއްގެ ބަޔާން ނަގައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި 15 ފަރާތެއްގެ ބަޔާން ނަގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މިހާރު ކުރިއަށްދާ ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި  ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ އަލީ ވަހިދު މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖުލައި ނުވަ ވަނަ ދުވަހު ކަމަށެވެ. އަދި މި މައްސަލާގައި މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ މައްސަލައިގެ ތަހުގީގުގެ ތަންކޮޅެއް ކުރީކޮޅު ކަމުން އިތުރު މައުލޫމާތެއް އަދި ހާމަކުރެވެން ނެތް ކަމަށެވެ.

މި މައްސަލައިގައި އަލީ ވަހީދުގެ ބަޔާނެއް އަދި ނަގާފައިނުވާ ކަމަށާއި، އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ތަހުގީގަށް ހާޒިރުކުރަން ޖެހިއްޖެނަމަ އެކަން ކުރުމަށްޓަކައި ކަމަށްވެސް ފުލުހުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!