ސަފާރީ ކޭސް: 11 މީހެއްގެ ބަޔާން ނަގާ ވިކްޓިމްގެ ފޯން މޫދުން ހޯދައިފި

ސަފާރީގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި 11 މީހެއްގެ ބަޔާން ނަގައި، ވިކްޓިމްއަކަށް ވީ އަންހެން މީހާގެ ފޯން ސަފާރީ އޮތް ސަރަހައްދުން ހޯދިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިހާރު ކުރިއަށްދާ ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް އަޒްމާ ވިދާޅުވީ، މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ 2020 ޖޫން 26 ވަނަ ދުވަހުގެ ފަތިހު 05:00 ހާއިރު ކަމަށާއި، މި މައްސަލައިގައި މިހާތަނަށް 11 މީހުންގެ ބަޔާން ނަގާފައިވާ ކަމަށެވެ.

މީގއެިތުރުން ފުލުހުން އެސަރަހައްދުގައި ޑައިވްކޮށް ވިކްޓިމްގެ ފޯން ހޯދާފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މެންދުރު.އެމްވީ ގެ ނަމުގައި ހިންގާ ވެބްސައިޓްގައި ޝާއިރުކޮށްފައިވާ މަޢުލޫމާތަކީ ކަނޑައެޅިގެން ދޮގު މަޢުލޫމާތު ކަމަށާއި، އެ މައްސަލަ ވަކިން ބަލަމުން އަންކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!