ކަރަންޓީންނުވެ، މަސައްކަތްތަކަށް ރަށްރަށަށް ދެވޭ އުސޫލު އާންމުކޮށްފި

އާންމު ހިދުމަަތެއް ފޯރުކޮށްދިނުމަށް، ކޮވިޑް19ގެ ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކުން އެހެން ރަށަކަށް ގޮސް ކަރަންޓީނު ނުވެ، ކުރު މުއްދަތަކަށް ރަށުގައި މަޑުކުރެވޭނެ ގޮތަށް އުސޫލު އެކުލަވާލައި އާންމުކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު އާއްމު ކުރި އުސޫލުގައި ވަނީ، ކޮވިޑް-19ގެ ކޮމިޔުނިޓީ ސްޕްރެޑް އޮތް ރަށަކުން އެހެން ރަށަކަށް، އެރަށުގައި ދެވޭ އާންމު ހިދުމަތްތަކާއި ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް (ޔުޓިލިޓީސް، މެއިންޓެނަންސް، އެކި ޕްރޮޖެކްޓް މަސައްކަތްތަކާ ގުޅޭ އިންސްޕެކްޝަން ފަދަ) މެދުނުކެނޑި ފޯރުކޮށްދިނުމަށް ކުންފުނިންތަކުން ބޭނުންވާ ކަމަށެެވެ.

އެހެންކަމުން ކަރަންޓީނުވުމަކާ ނުލާ މިފަދަ މަސައްކަތްކުރާ ފަރާތްތައް ކުރު މުއްދަތަކަށް ރަށްރަށަށްގޮސް މަސައްކަތްކުރުމުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުންނާނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވެފައި ވެއެވެ.

އެޗުޕީއޭ އިން ބުނީ އެފަދަ މަސައްކަތްތައް ކުރުމަށް ރަށްރަށަށް ދަތުރުކުރަން ޖެހޭ ފަރާތްތަކުން ދަތުރު ކުރުމުގެ ކުރިން ހުއްދަ ނަގަންޖެހޭނެ ކަމަށާއި އަދި ދަތުރުކުރާ ރަށުގެ ކައުންސިލަށް އެކަމުގެ މައުލޫމާތު ދޭންވާނެ ކަމަށެވެ.

އެޗްޕީއޭ އިން ވިދާޅުވީ، އެ ހުއްދަ ދޭނީ ކޭބަލް އަދި މީޑިއާ ނެޓްވާރކްގެ ޚިދުމަތްތައް ދޭ ފަރާތްތަކަށާއި، ބޭންކުގެ ޚިދުމަތްތައް ފަރާތްތަކަށާއި ވޯޓަރ ސަޕްލައި، ކަރަންޓުފަދަ ޔުޓިލިޓީ ޚިދުމަތްތައް ދޭ ފަރާތްތަކަށާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ކަންތައްތައް ބެލުމާއި ވަގުތީ ގޮތުން ދޭންޖެހޭ ޚިދުމަތްތައް ދޭ ފަރާތްތަކަށާއި، މެއިންޓެނަންސް މަސައްކަތްތައް ކުރާ ފަރާތްތަކަށާއި، ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓް މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން، މިނޫންވެސް އާންމު ޚިދުމަތްތަކާގުޅޭ އެހެނިހެން މަސައްކަތްތައް ކުރާ ފަރާތްތަކަށް ކަމަށެެވެ.

ދަތުރުކުރުމުގެ ހުއްދަ ހޯދުމަށް، ދަތުރުކުރަން އެދޭ މުއައްސަސާއިން [email protected] އަށް މެއިލް ކުރުމުގެ އިތުރުން، [email protected] މެއިލް އަށް ކޮޕީކުރަން ޖެހޭނެ އެވެ.

އެ މެއިލްގައި މުއައްސަސާގެ ނަމާއި، ދަތުރުކުރަން ބޭނުންވާ މީހުންގެ ނަމާއި، މިހާރު އުޅޭ އެޑްރެހާއި، މަގާމު ނުވަތަ ހައިސިއްޔަތު، އައިޑީކާޑޫ ނަންބަރާއި ފޯނު ނަންބަރާއި ހިދުމަތް ފޯރުކޮށްދޭން ދާ ރަށާއި ހުންނަން ހަމަޖެހިފައިވާ ތަނުގެ މައުލޫމާތާިއ ދަތުރުކުރާ ތާަރީހާއި އެނބުރި އަންނަ ތާރީހާއި މަސައްކަތުގެ ތަފްސީލް ހިމަނަން ޖެހޭނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!