ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސެއް ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސެއް މިއަދު ނިޔާވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ، މިއަދު މެންދުރު 12:25 ހާއިރު ދަރުމަވަންތަ ހޮސްޕިޓަލްގައި ކޮވިޑް-19 ބައްޔަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 42 އަހަރުގެ ދިވެއްސަކު ނިޔާވެފައިވާ ކަމަށެވެ.

މިއީ ކޮވިޑް-19 ގައި ރާއްޖެއިން މަރުވި 15 ވަނަ މީހާ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!