އަނެއްކާވެސް ޓްވިޓެއްގެ ސަބަބުން ސޯނަމް ހޫނުފެނަށް!

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރު އަކީ އަބަދުވެސް އޭނާ ދައްކާ ކޮންމެސް ވާހަކައެއްގެ ސަބަބުން ނޫސްތަކުގެ ސުރުހީތަކުން ޖާގަ ހޯދާ ބަތަލާއެކެވެ.

ނަމަވެސް އަބަދުވެސް އޭނާ އަކީ ފާޑުކިޔުން އަމާޒުވާ ތަރިއެކެވެ. ސޯނަމްގެ މިފަދަ އަމަލުތަކާއި ހުރެ އޭނާ އަކީ ރުންކުރު އަދި އެހެން މީހުންނަށް އިޚުތިރާމް ނުކުރާ މީހެއްގެ ގޮތުގައި މީޑިއާގައި އޮންނަނީ ސިފަވެފައެވެ. އެގޮތުން އޭނަގެ ކެރިއަރާއި ގުޅީގެން ވެސް ރަފާތު ވާހަކަތަށް ދެކެވެއެވެ.

އަނެއްކާ ވެސް ސޯނަމް އަށް މި ވަނީ ފާޑުކިއުން އަމާޒު ވެފައިއެވެ. ދާދި ފަހުން އޭނާ ވަނީ އިންޑިއާގެ ގޫނާގައި ޑަލިތް އާއިލާއަކުން އެ މީހުންގެ ދަނޑުތަކަށް ދިމާވި މައްސަލައެއް ހައްލުކޮށްދޭން ފުލުހުން ދެކޮޅު ހެދުމުން، އަމިއްލަ އަށް މަރުވާން މަސައްކަތް ކުރު ކަމަށާ، އެކަމާއި ގުޅިގެން އެ އާއިލާގެ ކުދިން ރޯ މަންޒަރު ފެންނަ ކަމަށް ބުނާ ޓްވީޓެއް ރީޓްވީޓްކޮށް ސަރުކާރުގެ އުސޫލުތަކަށް ފާޑު ކިޔާފައެވެ.

އެ މަންޒަރު ފެނުމުން ހިތަށް ތަދުވާ ކަމަށް ބުނެ ސޯނަމް ވަނީ، އެ މަންޒަރު ފެނުމުން މީހަކަށް އަސަރު ނުކުރާނީ ކިހިނެތްތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ. މި ޓްވީޓް އާއިއ އެކު ސޯނަމް މި ވަނީ ހޫނުފެނަށް ވެއްޓިފައިއެވެ.

ސޯނަމް އަށް ރައްދުދިން ބައެއް މީހުން ވަނީ އޭނާ އަކީ ނުފޫޒު ގަދަ މީހަކަށް ވާއިރު ހަމައެކަނި ފޮޓޯ އެއް ޓްވީޓް ކޮށްލާފައި ހުރުމުން ޒިންމާ އަދާވީތޯ ސުވާލު ކޮށްފައެވެ.

އަދި އޭނާ އެކަން ކުރީ އޭނާ އަކީ އިޖުތިމާއީ ކަންކަމާއި މެދު ކަންބޮޑުވާ މީހެއްކަމަށް ދައްކަން ކަމަށާ އިންޑިއާގައި ހުރި ހަގީގީ މައްސަލަތަކާއި މެދު އޭނާ ކަންބޮޑު ނުވާކަމަށް ވެސް މީހުން ވަނީ ބުނެފައެވެ.

ސޯނަމް އެފަދަ ނިކަމެތިންނަށް ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ބަދަލުގައި މީޑިއާގެ ސަމާލުކަން ހޯދަން އުޅޭކަމަށް ވެސް އެ މީހުން ވަނީ ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!