ރަންބީރު އެމަޖެންސީގައި ހޮސްޕިޓަލަށް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ރަންބީރު ކަޕޫރުގެ ގޭގައި ގެންގުޅުނު އޭނާގެ ޕެޓް ކުއްތާއެއް ދަތް އަޅައިގެން އެމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

ރަންބީރު ހޮސްޕިޓަލަށް ގެންދިޔައީ ބުދަ ދުވަހު ކަމަށް މިޑިއާ ރިޕޯޓުތަށް ބުނެއެވެ. ހޮސްޕިޓަލަށް ގެންދިޔައީ ކުއްތާ ދަތް އެޅުމުން އިންފެކްޓްވުމުގެ ފުރުސަތު އޮތުމުންނެވެ. އެންޓަޓެއިންމެންޓް ޕޯޓަލްއިން ބުނީ އެ ކުއްތާ ދަތް އެޅީ ރަންބީރުގެ މޫނުގައި ކަމަށާއި ދަތް އެޅުމުގެ ސަބަބުން އޭނާގެ މޫނު ދުޅަ ވެފައިވާ ކަމަށެވެ.

ރަންބިރު ކަޕޫރަކީ ދެ ކުއްތާ އޮޅުކޮށްގެން ގޭގައި ގެންގުޅޭ މީހެކެވެ.

ރަންބީރުގެ ޓީމުން ވަނީ އޭނާ ހޮސްޕިޓަލަށް ދިޔަކަން މީޑިއާ އަށް ނޭންގުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. އެ ވާހަކަ މީޑިއާ އަށް ލީކުވީ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ބަޔަކު މީޑިއާ އަށް މައުލޫމާތު ދިނުމުންނެވެ.

ރަންބީރުގެ މޫނުގައި ކުއްތާ ދަށް އެޅުމުގެ ސަބަބުން ލިބުނު ގެއްލުމަކީ އޭނާގެ މޫނުގައި ލަކުނެއް ލާ އޭނާގެ ކެރިޔާ އަށް އަސަރުކޮށްފާނެ ފަދަ ކަމެއްތޯ ނުވަތަ ނޫންތޯ އަދި މިހާތަނަށް ސާފެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!