34 ރަށެއްގެ ބަނދަރު ޑިޒައިންކުރުމުގެ މަސައްކަތް މިމަހު ނިމޭނެ: މިނިސްޓަރ

މިމަހުގެ ތެރޭގައި 34 ރަށެއްގެ ބަނދަރު ޑިޒައިންކުރުމުގެ މަސައްކަތް ނިމޭނެ ކަމަށް ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ ބަނދަރުތަކުގެ ޑިޒައިން މަސައްކަތް ބައެއް ރަށްރަށުގައި މިހާރު ނިމިފައިވާކަމަށާއި ބައެއް ރަށްރަށުގެ ޑިޒައިނަށް އިތުރު ބަދަލުތަކެއް ގެނެސް ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ.

އަދި މިހުރިހާ މަސައްކަތެއް ނިންމާ މިމަހުގެ ނިޔަލަށް 34 ރަށެއްގެ ބަނދަރުގެ ފައިނަލް ޑިޒައިންގެ މަސައްކަތް ނިމޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ މިމަސައްކަތްތަކުގެ ޢަމަލީ މަސައްކަތްކުރުމަށް ޙަވާލުކުރުމަށް ނިންމާފައިވަނީ އެމްޑަބްލިއުއެސްސީއަށް ކަމަށެވެ.

އަދި ފަހުން ފައިސާ ދައްކާ އުސޫލުން މަޝްރޫޢުގެ މަސައްކަތް ފެށުމަށް އެމްޑަބްލިއުއެސްސީއާއެކު ކުރެވުނު މަޝްވަރާތަކުގައި އެކުންފުނިން އެދެވޭ ޖަވާބެއް ލިބިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“މިހާރު ކުރިއަށްދަނީ މީގެއިން ގިނަ ރަށްރަށުގައި ޑިފަރޑް ޕެއިމެންޓެއްގައި މަސައްކަތްކުރުމަށް. އެފަރާތުން މިހާރުވަނީ ޕޮޒިޓިވް ޖަވާބެއް އަޅުގަނޑުމެންނަށް ދެއްވާފައި. މީގެ ތެރެއިން ކުމުންދޫގެ ބަނދަރުގެ މަސައްކަތްވެސް ކުރުމަށް މިމަސައްކަތްކުރަނީ.” މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!