ރެހެންދި ސްކޫލުން ކޮވިޑް ޕޮޒިޓިވް ކޭސްތަކެއް ފެނިއްޖެ

ހުޅުމާލެ ރެހެންދި ސުކޫލުގައި ތައުލީމު ހާސިލްކުރަމުންދާ ދެ ދަރިވަރަކާއި އެސުކޫލްގެ ޓީޗަރަކު ކޮވިޑް-19 އަށް ޕޮސިޓިވް ކޭސަތަކެއް މިއަދު ފެނިއްޖެއެވެ.

އޮންލައިން ނޫހެއްގައި ބުނެފައިވާ ގޮތުގައި ރެހެންދި ސްކޫލުން ޕޮޒިޓިވް ވެފައި ވަނީ ގްރޭޑް 9 އަދި 10 ގެ ދަރިވަރަކާއި އެ ސްކޫލަގުއި ކިޔަވައި ދެމުން ދާ ޓީޗަރެއް ކަމަށެވެ. އަދި އެ ދެ ކުދިންނާއި ޓީޗަރު ޕޮޒިޓިވްކަން އެނގިފައި ވަނީ މިއަދުއެވެ. މިހާރު އެ ސްކޫލްގައި ކޮންޓެކްޓް ޓްރޭސިންގެ ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ލޮކްޑައުނަށް ލުއި ދިނުމުގެ މަރުހަލާގެ ތެރެއިން ސްކޫލްތަކުގައި ކިޔެވުން ފެށުނު ފަހުން އެކި ސްކޫލްތަކުގެ ބައެއް މުވައްޒަފުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ ގޮތުން ހުރަވީ ސްކޫލްގެ ސީނިއާ ސްޓާފަކާއި ދަރުމަވަންތަ ސްކޫލްގެ ސްޓާފަކާއި، ޣިޔާސުއްދީން ސްކޫލުގެ ސްޓާފަކާއި، އިމާދުއްދީނުގެ ސްޓާފެއް ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ވަނީ 2831 އަށް އަރާފައެވެ. މި ވަގުތު 482 މީހުން ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުންދާ އިރު 2321 މީހުން ވަނީ މި ބަލިން ފަރުވާ ލިބި ރަނގަޅުވެފައެވެ. މިހާތަނަށް މިބަލީގައި ރާއްޖޭގައި 14 މީހަކު ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 5 ބިދޭސީންނާއި 9 ދިވެހިންނެވެ. އިއްޔެ ޖުމްލަ 30 ކޭސް ފެނިފައިވާ އިރު އޭގެތެރޭގައި ތިބި 29 މީހުންނަކީ ދިވެހިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!