އަދީބުގެ މައްސަލަ ބެލި ޤާޟީ ކުށްވެރިވާކަމަށް މާކުރިން މަޖިލީހުގެ ރައީސް ވަނީ ނިންމަވާފައި: ހައިލަމް

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްސަލަ ބެލި ޤާޒީ ކުށްވެރިވާކަމަށް މާކުރިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވާފައި ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގަޒީ އަހުމަދު ހައިލަމް ވިދާޅު ވެއްޖެއެވެ.

ހައިލަމް މިހެން ވިދާޅުވީ އަދީބުގެ މައްސަލަ ބެލި ކްރިމިނަލް ކޯޓްގެ ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ބަލަން ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމެވުމާ ގުޅިގެންނެވެ.

އެގޮތުން ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަނޑިޔާރު ޤާނޫނު ތަޠްބީޤު ކުރެއްވީ ފާޅުކަންބޮޑު ގޮތެއްގައި ގޯސްކޮށް ކަމަށް އިސްތިއުނާފީ މަރުޙަލާއިން ކަނޑައެޅުއްވުމުގެ ކުރިން، ޖޭއެސްސީން އެފަނޑިޔާރުގެ މައްސަލަ ބެލުމަކީ އިސްތިއުނާފީ މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!