ބޯޑަރު ހުޅުވުމުން އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ތުރުކީން

ރާއްޖޭގެ ބޯޑަރު އިއްޔެ ހުޅުވުމާއެކު، އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ތުރުކީ އިންނެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ރާއްޖެއަށް ޖުމްލަ 212 މީހުން އައިސްފައިވެ އެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ 104 ޓޫރިސްޓުންނާއި 38 ދިވެހިން އަދި ރާއްޖޭގައި މަސައްކަތް ކުރާ 65 މީހުން އަދި އެހެނިހެން ގޮތް ގޮތަށް އައި ފަސް މީހުންނެވެ.

ޓޫރިސްޓުން ނިސްބަތްވާ ގައުމުތައް

  • ތުރުކީން 14 ޓޫރިސްޓުން
  • އެމެރިކާއިން 12 ޓޫރިސްޓުން
  • ހޮލެންޑުން 9 ޓޫރިސްޓުން
  • ޖަރުމަނު ވިލާތުން 8 ޓޫރިސްޓުން
  • ސުވިޒަލޭންޑުން 7 ޓޫރިސްޓުން

ބޯޑަރު ހުޅުވާލުމާއެކު ގަތަރުގެ ވެރިރަށް ދޯހާ އިން އައި ފްލައިޓުން 104 ޓޫރިސްޓުން އައިސްފައިވެ އެވެ. ބޯޑަރު ހުޅުވި ދުވަހު ރާއްޖެ އަށް އައި ފުރަތަމަ މީހާ ނިސްބަތްވަނީ އެމެރިކާ އަށެވެ. އަދި އެންމެ ގިނަ މީހުން އައިސްފައިވަނީ ތުރުކީން ނެވެ. އެ ގައުމުން 14 މީހުން އައިސްފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!