މި ތަރިންގެ އިސްތަށިގަނޑުގެ ސިއްރުތަކަކީ މިއީ!

ރީތި އިސްތަށިގަނޑެއް ލިބުމަކީ ކޮންމެ އަންހެން ކުއްޖަކުވެސް ދެކޭނެ ހުވަފެނެކެވެ. އަދި މަޝްހޫރު ބައެއް ތަރިންގެ އިސްތަށިގަނޑު ފެނިފައި، އެގޮތަށް އަމިއްލަ އިސްތަށިގަނޑު އޮންނަ ނަމައޭ ވެސް ހިތަށް އަރާނެއެވެ. އެއީ ފަހަރުގައި ޙާސިލް ކުރެވިދާނެ ފަދަ ހުވަފެނެކެވެ. އެގޮތުން މިފަހަރު ކިޔައިދޭން މިއުޅެނީ، ބޮލީވުޑުގެ އެންމެ ރީތި ބަތަލާއިންގެ އިސްތަށިގަނޑުގެ ސިއްރުތަކެވެ.

1. އަނުޝްކާ ޝަރްމާ

ކާމިޔާބު ބަތަލާ އަނުޝްކާ ބުނާ ގޮތުގައި، އޭނާ ގޭގައި ހުރެގެން އިސްތަށިގަނޑަށް ކުރާ ފަރުވާއަކީ، ހޫނު ތެލުން މަސާޖު ކުރުމެވެ. އޭރުން އިސްތަށިތައް ހަލާކުވެ، އިސްތަށި ފޭބުމުން ރައްކާތެރި ކޮށްދޭ ކަމަށް އަނުޝްކާ ބުނެއެވެ. އެއާއެކު، ހޫނު ކާށިތެލުން މަސާޖު ކުރުމަށް ފަހުގައި ނޫނީ އިސްތަށިގަނޑު ނުދޮންނަ ކަމަށް އޭނާ ބުނެއެވެ. ކާށިތެލަކީ، ރާއްޖެއިން ވަރަށް ފަސޭހައިން ލިބޭ އެއްޗެކެވެ.

2. ކެޓްރީނާ ކައިފް

އިސްތަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް ކެޓްރީނާ ގެނައި ބަދަލަކީ، އާދައިގެ ތެލުގެ ބަދަލުގައި ފްރުޓް އޮއިލް ބޮލުގައި ލުމެވެ. ފްރުޓް އޮއިލް އަކީ މޭވާއިން ހަދާފައި ހުންނަ ތެލެވެ. އޭގެތެރޭގައި ފެޝަން ފްރުޓް އޮއިލް، އަދި މި ނޫންވެސް ފައިދާހުރި މޭވާތަކުން ހަދާފައި ހުންނަ އޮއިލްތައް ހުރެއެވެ. މީގެ އިތުރުން 36 އަހަރުގެ ބަތަލާ ކުރާ އަނެއް ކަމަކީ، ޤަވާއިދުން އިސްތަށިގަނޑު ޑީޕް ކޮންޑިޝަން ކުރުމެވެ.

3. ޕްރިޔަންކާ ޗޯޕްރާ ޖޯނަސް

މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އަކީ، އޭނާގެ އިސްތަށިގަނޑަށް ވަރަށް ބަލައިގެން އުޅޭ ތަރިއެކެވެ. އެގޮތުން ޕްރިޔަންކާ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ވަނީ، އޭނާގެ ބޮލުގައި އުނގުޅާ ހެއާ މާސްކުގެ ރެސިޕީވެސް އާއްމުންނަށް ހިއްސާކޮށްފައެވެ. އެއީ ޔޯގަޓާއި ލުނބޯހުތް ބޭނުންކޮށްގެން ހަދާ ވަރަށް ފަސޭހަ މާސްކެކެވެ. ޔޯގަޓަކީ އިސްތަށިގަނޑު މޮއިސްޗަރައިޒްކޮށް، މަޑުކޮށް ބޭއްވުމަށް ޕްރިޔަންކާ ބޭނުންކުރާ އެއްޗެކެވެ. ޔޯގަޓް ތަށްޓެއްގެ މެދަށް ދެ ސައިސަމުސާ ލުނބޯހުތް އެޅުމަށްފަހު އެއްކޮށްލާފައި ބޮލުގެ ހަންގަނޑުގައި ރަނގަޅަށް އުނގުޅައިލާނީއެވެ. އަދި 30 މިނެޓު ވަންދެން ބެހެއްޓުމަށްފަހު ދޮވެލާނީއެވެ.

4. ކަރީނާ ކަޕޫރް ޚާން

ކަރީނާއަކީ ރީތި ކަމަށް ވަރަށް ފަރުވާ ބަހައްޓާ ބަތަލާއެކެވެ. އެގޮތުން އިސްތަށިގަނޑު އުޖާލާކޮށް، ދުޅަހެޔޮކޮށް ބޭއްވުމަށް 39 އަހަރުގެ ކަރީނާ ބަރޯސާ ވަނީ ތެލަށެވެ. އޭނާ ބޮލުގައި އުނގުޅަނީ އޮލިވް، ކާސްޓާރ، އަދި އާމަންޑް އޮއިލް އަދި ކާށިތެޔޮ އެއްކޮށްގެން ހަދާ މިކްސްޗާއެކެވެ.

5. އާލިއާ ބަޓް

ޒުވާން ބަތަލާ އާލިއާ އިސްތަށިގަނޑު ދުޅަހެޔޮކޮށް ބޭއްވުމަށް ކޮންމެދުވަހަކުވެސް ވިޓަމިން އޭ ގެ ގުޅައެއް ކައެވެ. އަދި އިސްތަށިގަނޑު ދޮންނަނީ ދެދުވަހުން އެއްދުވަހެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!