ބިގް ބޮސް 14ގައި މިފަހަރު ނިއާ އާއި ވިވިއަން!

ކޮވިޑު-19ގެ ސަބަބުން މިއަހަރުގެ ފަހުކޮޅަށް ފަސްކުރެވިފައިއޮތް ބިގްބޮސް 14 ސެޕްޓެމްބަރ މަހުގެ ތެރޭގައި ދައްކަން ފަށާނެކަމަށް ފަހުގެ ރިޕޯރޓުތަށް ބުނެއެވެ.

ސަލްމާން ޙާން ހުށައަޅައިދޭ މި ރިއަލިޓީ ޝޯއަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަޤުބޫލު ޝޯއެކެވެ. އެއް ގެއެއްގެ ތެރޭގައި ދިރިއުޅެން ޖެހިފައިތިބި ތަފާތު މިޒާޖު ތަކުގެ އެކި ފެންވަރުގެ މީހުންގެ މެދުގައި އުފެދޭ ގުޅުންތަކާއި ހަމަނުޖެހުން ތަކެއް ދައްކުވައިދޭ މި ޝޯއަކީ މަޝްހޫރު ގިނަ ތަރިން ތަކެއްވެސް ފެނިގެންދާ ޝޯއެކެވެ. އެގޮތުން ޔަޤީން ނުވިނަމަވެސް މައުލޫމާތު ލިބޭގޮތުގައި މިފަދަ މަޝްހޫރު ޓީވީ ސުޓާރުން ބިގްބޮސް 14 އިންވެސް ފެނިގެން ދާނެއެވެ. އޭގެތެރޭގައި ނިއާ ސަރުމާ އަދި ވިވިއަން ޑިސޭނާވެސް ފެނިގެންދާނެކަމަށް ރިޕޯޓްތަށް ބުނެއެވެ.

ކޮރޯނާގެ ބަލިމަޑުކަމަށްފަހު ކުރިއަށްގެންދެވޭ މިޝޯއިން މިފަހަރު ފެނިގެންދާނީ ތަފާތު މަންޒަރެއްކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. ބެލެވޭގޮތުގައި މި ޝޯގެ މުޅި ފޯމެޓު ބިނާކުރެވިފައި އޮންނާނީ ފުރަބަންދާއި ކޮރޯނާގެ ހާލަތާއި ގުޅުވާލެވިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!