މާލޭ ސިޓީ ކައުންސިލްގެ 4 މުވައްޒަފުން ޕޮޒިޓިވް ވެއްޖެ

މާލޭ ސިޓީ ކައުންސިލްގެ ހަތަރު މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާލޭ ސިޓީ ކައުންސިލްގެ ބަޖެޓް ސެކްޝަންގައި މަސައްކަތް ކުރާ މުވައްޒަފަކު ފުރަތަމަ ކޮވިޑް-19 އަށްޕޮޒިޓިވްވީ މިދިޔަ ހުކުރު ދުވަހު އެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން އެސެކްޝަންގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ގޭގައި އެކަހެރިކޮށް، އެމީހުންގެ ސާމްޕަލް ނަގާފައި ވެއެވެ. ފަހުން ޕޮޒިޓިވްވި ތިން މުވައްޒަފުން ޕޮޒިޓިވްވީ ގޭގައި އެކަހެރި ކުރިފަހުންނެވެ.

ފަހަކަށް އައިސް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ޕޮޒިޓިވްވާ ދިވެހިންގެ އަދަދު މިހާރު ގިނަ ކަން ފާހަގަ ކުރެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!