ތިލަފުށި ހާބަރު ރީހެބިލިޓޭޝަން މަޝްރޫއު ކުރިއަށް

ކ. ތިލަފުށި ހާބަރު ރީހެބިލިޓޭޝަން މަޝްރޫއުގެ މަސައްކަތްތަށް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އެ ޕްރޮޖެކްޓުގެ ދަށުން ޓްރެންޗް ބޮލްކް ކާސްޓް ކުރުމުގެ މަސައްކަތާއި ރިއިންފޯސްމަންޓް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި އެ މަޝްރޫއުއަކީ ޒަމާނީ ފެންވަރެއްގެ ސަރަހައްދީ ކުނި މެނޭޖުކުރާނެ މަރުކަޒެއް ގާއިމުކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ވޭސްޓް ޕްރޮސެސިން އޭރިއާއެއް ހެދުމާއި އެޑްމިނިސްޓްރޭޝަން ބިލްޑިންގް އެޅުމާއި ވޯކްޝޮޕް އަދި ކޮންސްޓްރަކްޝަނާއި ޑިމޮލިޝަން ވޭސްޓް ޕްލާންޓެއް ގާއިމުކުރުމުގެ އިތުރުން ރިސައިކްލިންގް ޔާޑެއް ހެދުމާއި އެންޑް އޮފް ލައިފް ޑިސްމެންޓްލިންގް ވޯކްޝޮޕެއް ހެދުމެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާޖީގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 135.70 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 15 ފެބްރުއަރީ 2020 ގައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!