19 މީހަކު މިއަދު ބަލިން ރަނގަޅުވެއްޖެ

މިއަދުގެ މިހާތަނަށް ކޮވިޑް-19އިން 19 މީހަކު ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،321 މީހުންނެވެ. މިވަގުތު ފަރުވާގައި ތިބީ 482 މީހުންނެވެ.

މިވަގުތު މޮނިޓަރިންގައި އޮތީ ކުޑަފަރީ އެކަންޏެވެ.

ކޮވިޑަށް 64،239 މީހުން ޓެސްޓް ކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި 14 މީހަކު ވަނީ މަރުވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!