ރާއްޖެއާއި ޗައިނާއާ ދެމެދު ބާއްވާ މުހިންމު މަޝްވަރާތަކެއް މާދަމާ

ދިވެހިރާއްޖެއާ ޗައިނާ އާއި ދެމެދު ބާއްވާ ބައިލޭޓަރަލް ކޯޑިނޭޝަން މެކޭނިޒަމްގެ މަޝްވަރާތައް މާދަމާ އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މި ބައްދަލުވުމަކީ ޑިރެކްޓަރު ޖެނެރަލް ފެންވަރުގައި ބާއްވާ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުމެވެ. ފުރަތަމަ ބައްދަލުވުމުގައި އޮންނަނީ ބޯޑަރު ހުޅުވާލުމާއި ފަތުރުވެރިކަމާ ބެހޭ މަޝްވަރާތައް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެގޮތުން ދެ ގައުމުގެ މެދުގައި މިދާއިރާތަކާ ގުޅޭ ގިނަ މަޝްވަރާތަކާއި ކޮވިޑް-19 އިން ރައްކާތެރިވުމުގެ އިތުރުން އިޤްތިޞާދު އަލުން ކޮޅަށް ޖެހުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށްދާނެއެވެ.

މި މަޝްވަރާތަކުގައި ދިވެހިރާއްޖެއިން އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ އަހުމަދު ޝިޔާންއެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީއިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޗައިނާގެ ފަރާތުން މި ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ޗައިނާ ފޮރިން މިނިސްޓްރީގެ އޭޝިއަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ޔާއޯ ވެން އެވެ. ވެން ގެ އަރިހުގައި ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނާއި، ޗައިނީޒް ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނާއި މިނިސްޓްރީ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް އަދި ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ބައިވެރިވާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!