ރާއްޖެ އިޝްތިހާރުކުރުމަށް ސީއެންއެންއާ އެކު ބޮޑު ކެމްޕެއިނެއް ފަށައިފި

އެމްއެމްޕީއާރުސީން ރާއްޖެ މުޅި ދުނިޔެއަށް އިޝްތިހާރުކުރުމުގެ ގޮތުން ބޮޑު ކެމްޕެއިނެއް ފަށައިފި އެވެ.

އެމްއެމްޕީއާރުސީން ބުނީ ތިން މަސްދުވަހަށް ކުރިއަށްގެންދާ އެ ކެމްޕެއިނުގައި ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ތަފާތުވެގެންދާ ކަންތައްތައް ދައްކުވައިދޭނެ ކަމަށެވެ. އަދި ރާއްޖޭގައި ތިބި މަސައްކަތްތެރިންގެ ހުނަރުތައް މުޅި ދުނިޔެއަށް ދައްކާލުމުގެ އިތުރުން އެމީހުންގެ ތަޖުރިބާތައް ވެސް މި ކެމްޕެއިންގެ ތެރެއިން ހިއްސާކުރެވިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. 

އެމްއެމްޕީއާރުސީން އިތުރަށް ބުނީ އެ ކެމްޕެއިންގެ ދަށުން ބޯޑަރު ހުޅުވާލާ ދުވަހު އެންމެ ފުރަތަމަ ހަރާކާތެއްގެ ގޮތުގައި ފެނިގެން ދާނީ “ފައިވް ރީޒަންސް ޓު އިންސްޓާ ލަވް މޯލްޑިވްސް” ގެ އިވިންޔެޓައް ކަމަށާއި އަދި އެ ކެމްޕެއިންގެ ދަށުން ސީއެންއެންގެ މޫސުމީ ހަބަރު ގަޑީގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ދައްކަމުންދާނެ ކަމަށެވެ. 

ސީއެންއެންއާއެކު ކުރިއަށް ގެންދާ އެ ކެމްޕެއިންއާ ގުޅިގެން އެމްއެމްޕީއާރުސީގެ ޑިރެކްޓަރު ތައްޔިބު މުހައްމަދު ވިދާޅުވީ،  ދަތުރުކުރުމަށް އާ މަންޒިލެއް ހޯދައި ރާއްޖެ “ރީޑިސްކަވާ” ކުރަން ޝައުގުވެރިވާ ފަރާތްތަކަށް މި ކެމްޕެއިންގެ ތެރެއިން ރާއްޖެއާ ގުޅޭ ޝައުގުވެރި މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެކެމްޕެއިނުގެ އަމާޒަކަށް ވެގެންދާނީ، ރާއްޖޭގައި ތިބި ތަޖުރިބާކާރު ދިވެހި މަސައްކަތްތެރިންގެ ހުނަރާއި، ރަށްތަކުގެ ގުދުރަތީ ރީތިކަން ދައްކައިދިނުން ކަމަށާއި ރާއްޖެއަކީ ވަކި ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮންނަ ޖަޒީރާ ގައުމެއް ކަމުން، ދަތުރުވެރިންނަށް ލިބޭ ރައްކާތެރިކަން ކެމްޕޭންގެ ތެރެއިން ބުނެދޭނެކަމަށް ވެސް ތޮއްޔިބް ވިދާޅުވެ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!