އަދީބުގެ މައްސަލަތައް ބޭރުކޮށްލި ގާޒީގެ މައްސަލަ ބަލަނީ

ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު އިސްމާޢީލް ރަޝީދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސްކޮމިޝަނުން ނިންމައި އެމައްސަލަ ބަލާނެ ކޮމެޓީއެއް އެކުލަވާލައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވީ މިއަދު ބޭއްވި އެކޮމިޝަނުގެ 7 މެންބަރުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ޤާނޫނުގައި ވާ ފަދައިން، އެ މައްސަލަ ބެލުމާއި މެދު ގޮތެއް ނިންމާ ކޮމިޓީން ބެލުމަށްފަހު، ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު އިސްމާޢީލް ރަޝީދު ކްރިމިނަލް ކޯޓުގެ ބައެއް ޤަޟިއްޔާތަކުން ބެލި މައްސަލައިގައި، ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރު ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށްބުނެ އެކޮމިޝަނަށް ހުށަހެޅާފައިވާ މައްސަލަ ބެލުމަށް ތަޙުޤީގު ކޮމިޓީއެއް އެކުލަވާލާފައިވާކަމަށެވެ.

މިއީ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރު ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށްބުނެ އެކޮމިޝަނަށް ހުށަހެޅުނު މައްސަލައެއްކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

ޤާޟީ އަލްއުސްތާޛު އިސްމާޢީލް ރަޝީދަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި 7 ދަޢުވާއެއް ބާތިލް ކުރަން ނިންމެވި ޤާޟީއެވެ. އެމައްސަލަތައް ބާތިލްކަމަށް އެ ކޯޓުން ނިންމެވީ އިއްޔެގައެވެ.

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދަޢުވާ ކްރިމިނަލް ކޯޓުން ބާޠިލްކުރުމަށް ނިންމެވި ހުކުމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމްވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެޙުކުމުގައި ފާހަގަވި ކަންކަކަމަށް ބަލައި ޤާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށައަޅަން ނިންމިކަން ހާމަކުރައްވާފައެވެ،

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!