ފޮޓޯ: ވަގުތު

ބިދޭސީން މުޒާހަރާއަށް ނުކުތުމުން ހުއްޓުވައިފި

މިއަދު މެންްދުރު ފަހުގެ ވަގުތެއްގައި ބިދޭސީންތަކެއް މާލޭގެ ދެ ސަރަހައްދަކަށް އެއްވެ މުޒާހަރާ ކުރަން އުޅުމުން ފުލުހުން ހުއްޓުވައިފިއެވެ.

ބިދޭސީންތަކެއް މިއަދު އެއްވެފައި ވަނީ ހީނާމާގެ ޕާކިންގ ޒޯން ސަރަހައްދަަށާއި، ލޮނު ޒިޔާރަތް މަގާއި ދިމާލު އިންނަ އިހުސާން ފިހާރަ ދޭއް ހުންނަ ގޯޅި ތެރޭގައެވެ.

ފުލުހުން ވަނީ މި ދެ އެއްވުންވެސް ހުއްޓުވާފައެވެ.

މާލޭގެ ދެ ސަރަހައްދަކަށް ބިދޭސީންތަކެއް އެއްވެ މުޒާހަރާ ކުރިއަށް ގެންދަން އުޅުނީ ކޮން ސަބަބަކާއި ހެދިކަން ސާފެއް ނުވެއެވެ.

މިިކަމާއި ގުޅިގެން ފުލުހުންގެ ބަހެއްވެސް އަދި ނުލިބެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!