ސުޝާންތްގެ މަރަށް އެއްމަސް، ލޯބިވެރިޔާ އިހުސާސުތަށް ބަންޑުން ކޮށްލައިފި

ސުޝާންތު ސިންގު މަރުވިތާ މަހެއްވުމުން އޭނާގެ ލޯބިވެރިޔާ ރިޔާ ޗަކުރޮބޮތީ މިވަނީ ސުޝާންތުގެ ހަނދާން އައުކޮށް އިހުސާސްތަށް ސޯޝަލް މިޑިއާގައި ފުރަތަމަ ފަހަރަށް ހިއްސާ ކޮއްފައެވެ.

އެދެމީހުންގެ އުފާވެރި ދުވަސްތަކުގެ ރީތި ޕޮޓޯއަކުން އިންސްޓަގުރާމްގެ ޕީޕީ ފަޅުފިލުވާލިއިރު އޭނާ ވަނީ ލޯބިން ފުރިގެންވާ މެސެޖެއް ސުޝާންތުއަށްޓަކައި ހިއްސާ ކޮއްފައެވެ.

އަދި ރިއާ ވަނީ ސުޝާންތު އަކީ އަބަދުވެސް އަލިގަދަ ތަރިއެއް ކަމަށާއި މިއަދު ހަޤީޤީ ތަރިއަކަށްވީކަމަށް ބުނެފައެވެ. އަދި ޝޫޓިންގ ސުޓާރގެ ނަމުން މުހާތަބުކުރަމުން އަބަދުވެސް ސުޝާންތު އެބުރި އާދޭތޯ ދުޢާ ކުރާ ކަމަށާއި އޭނާގެ އިންތިޒާރުގައި ރިއާ ހުރިކަމަށް ބުނެފައިވެއެވެ. ލޯބި ދަސްކޮށްދީ ދިރިއުޅުމުގެ ހަޤީޤީ މަގުސަދު ކިޔައިދިން މީހަކީ ތިއީކަމަށްބުނެ ސުޝާންތު ދަސްކޮށްދިން ކަންކަމުގައި ހިފައިގެން ކުރިއަށްދާނެކަމަށް އޭނާވަނީ ބުނެފައެވެ.

މިދުނިޔޭގައި ސުޝާންތު ނެތީތީ ދެރަނުވާކަމަށް ބުނަމުން ސަބަބެއް ކަމުގައި ބުނެފައިވަނީ މިހާރު ސުޝާންތުހުރި ތަނަކީ ދުނިޔެއަށްވުރެ މާ ހިތް ފަސޭހަ އަމާން ތަނެއްކަން އޭނާ ޤަބޫލުކުރާކަމަށެވެ. އަދި ސުޝާންތުފަދަ މީހަކަށްޓަކއި މުޅި ކާއިނާތާއި ތަރިތަކާ ހަނދުވެސް އެ މަންޒިލަށް އުފަލުން މަރުޙަބާ ކިޔާނެކަމަށް ރިއާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ސުޝާންތުއަކީ އޭނާއާއި ދުނިޔެއަށް ގެއްލުނު ހެޔޮ އިންސާނެއް ކަމަށާއި މުޅިއުމުރަށްވެސް ސުޝާންތުދެކެ އޭނާ ލޯބި ވާނެކަމަށްވަނީ ބުނެފައެވެ.

ރިއާ ހާމަކޮއްފައިވާ ގޮތުގައި އަދިވެސް އެލިބުނު ހިތާމައިން ކުޑަކޮށްވެސް އޭނާއަށް އަރައިނުގަނެވޭކަމަށާއި ލޮލުން ކަރުނަ ނުހިކޭކަމަށް އޭނާ ބުނެފައިވެއެވެއެވެ.

ސުޝާންތުގެ މަރަށް އެއްމަސްވުމުން ރިއާ އޭނާގެ އިންޓަގުރާމުގައި ސުޝާންތުގެ ރީތި ހިނިތުންވުން ދައްކާލާފައި ވާއިރު ސުޝާންތުގެ ކުރީގެ ލޯބިވެރިޔާވެސް ވަނީ އަސަރުން ފުރިގެނވާ ފޮޓޯއެއް ޕޯސްޓު ކޮއްފައެވެ.

View this post on Instagram

CHILD Of GOD 😇

A post shared by Ankita Lokhande (@lokhandeankita) on

އަންކިތާ ލޮކަންޑޭ އޭނާގެ އަމިއްލަ ގޭގެ ސުޝާންތަށްޓަކައި ދިއްލާފައިވާ ހުޅުކޮޅެއްގެ ފޮޓޯއިން އަންކިތާގެ ހިތުގައި ސުޝާންތަށް އޮތް ލޯބި ރަގަނޅަށް ހާމަވާކަމަށް ބުނެ ގިނަބަޔަކު ވަނީ ކޮމެންޓުކޮއްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!