މިމަސް ނިމޭއިރު ލިސްޓު އިއުލާން ކުރަން ފެށޭނެ: ފްލެޓް ކޮމެޓީ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ 7،000 ފްލެޓް ލިބޭނެ ފަރާތްތައް ލިބޭނެ މީހުންގެ ލިސްޓު މިމަސް ނިމޭއިރު އިއުލާން ކުރަން ފެށޭނެ ކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން މިއަދު ބުނެފިއެވެ.

“ހިޔާ” މަޝްރޫއާއި “ގެދޮރުވެރިކުރުން” އަދި “ގުޅީފަޅު ހައުސިން ޕްރޮޖެކްޓް” ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް މުރާޖައާކޮށް، އިންސާފުވެރި ދެފުށް ފެންނަގޮތަކަށް، ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް، ފްލެޓް ލިބޭނޭގޮތް ހެދުމަށް މަގުފަހިކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮމެޓީއެއް އެކުލަވައިލެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އެވެ.

އެ ކޮމެޓީގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީގައި ވާހަކަދައްކަވަމުން އެ ކޮމެޓީގެ މެންބަރު ތޯހާ މުހައްމަދު ވިދާޅުވީ ފްލެޓް ލިބޭނެ މީހުންގެ ލިސްޓު މިމަސް ނިމޭއިރު އިއުލާން ކުރަން ފެށޭނެ ކަމަށާއި، އެލިސްޓް ނެރޭއިރު، އެ ފްލެޓްތައް ލިބުނު ކަމަށް ކުރީ ސަރުކާރުން އިއުލާން ކުރި ލިސްޓަށް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ.

ފްލެޓް ލިބޭ ހުރިހާ ފަރާތްތަކުގެ ލިސްޓް އާންމުކޮށް ނިންމާލެވޭނެ ސީދާ ތާރީހެއް ވިދާޅުވެ ދެއްވުމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް އެދިވަޑައިގަތުުން ތޯހާ ވިދާޅުވީ، އަދިވެސް ގިނަ މަސައްކަތްތަކެއް ހުރި ނަމަވެސް ސެޕްޓެމްބަރު ނިމޭ އިރު ހުރިހާ ކެޓަގަރީތަކަކުން ފްލެޓް ލިބޭ މީހުންގެ ނަންތައް އާންމު ކުރެވޭވަރު ވާނެ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!