މަންޓާ އެއަރގެ ސީޕްލޭން ދަތުރުތައް ރިސޯޓްތަކަށް ފަށައިފި

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ 110 ދުވަސް ފަހުން، މިއަދު ބޯޑަރު ހުޅުވާލުމާއެކު މަންޓާ އެއަރގެ ސީޕްލޭން ދަތުރުތައް ފަށައިފިއެވެ. މަންޓާ އެއަރއިން ބުނީ ދ.އަތޮޅު އަދި ބ.އަތޮޅުގެ ރިސޯޓުތަކަށް ދަތުރުކޮށްފައިވާކަމަށެވެ.

މަންޓާ އިން ބުނީ ފަތުރުވެރިންނަށް ހިދުމަތް ދޭން އަނެއްކާވެސް ފެށުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ. ކުރިން ދިވް މަތީ ފެންވަރުގެ ހިދުމަތް މިހާރުވެސް ދިނުމަކީ އެ އެއާލައިނުގެ އަމާޒު ކަމަށް މަންޓާ އިން ބުންޏެވެ.

މަންޓާ އިން ބުނީ ފަތުރުވެރިންނާއެކު ކުރާ ދަތުރުތައް އަލުން ފަށާފައިވުމުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާނެ ކަމަށެވެ. އަދި އެއަރލައިންއިން އެންމެ އިސްކަމެއް ދެނީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށް މަންޓާ އިން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!